Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
8 މާރޗް 2022 | އަންގާރަ 21:46
ކުޅުދުއްފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުން
ކުޅުދުއްފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުން
އުއްމު ކުލްސޫމް އިބްރާހިމް
ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ މަޝްރޫއު
ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފި
ދެވަނަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށި ސިޓީގެ 23 މަގެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައި

ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަންގާރަ ދުވަހު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިމަޝްރޫއު ފައްޓަވައިދެއްވީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޒު މޫސާ އަލީ މަނިކާއި ކުޅުދުއްފުށީ ދެ ދާއިރާގެ މަޖިލިސް މެންބަރުންނާއި ކުޅުދުއްފުށީ މޭޔަރާއި ކައުންސިލް މެންބަރުންނެވެ.

Advertisement

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ ދެވަނަ ފިޔަވަހީގެ މިމަޝްރޫގެ ދަށުން, ކުޅުދުއްފުށި ސިޓީގެ 23 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އާރްޑީސީގެ އެމްޑީ ވާހަކަ ދައްކަވަނީ

މިރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު, އާރްޑީސީގެ އެމްޑީ އަލްއުސްތާޒު މޫސާ އަލީ މަނިކު ވިދާޅުވީ, މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ލަސްވިނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަކީ އަމާޒުކަމަށެވެ. އަދި މަސައްކަތް ލަސްވިނަމަވެސް މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަކީ އާރްޑީސީން އެންމެ އިސްކަމެއް ދޭނެ ކަންތައް ކަމުގައިވެސް އެމްޑީ ވިދާޅުވިއެވެ. މީގެއިތުރުން ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫއު ނިމޭއިރު ރައްޔިތުންނަށް ލިބިގެންދާނީ ހިތްގައިމު ރީތި މަގުތަކެއް ކަމަށް ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫއަށް ރައްޔިތުންބޭނުންވާ ބަދަލުތައް ގެންނެވުމަށް ކުޅުދުއްފުށީގެ މޭޔަރާއި ކައުންސިލް މެމްބަރުން އަދި މަޖިލިސް މެންބަރުން ކުރެއްވި މަސައްކަތަކީ ރައްޔިތުން ފަޚުރުވެރިވާފަދަ މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އާރްޑީސީން އަމާޒު ހިފާފައިވަނީ ރައްޔިތުން ބޭނުންވާގޮތަށް މަގުތައް ބައްޓަންވެގެން ދިއުމަށްކަމަށެވެ.

ކުޅުދުއްފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުން - އުއްމު ކުލްސޫމް އިބްރާހިމް

މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 25 ފެބްރުއަރީ 2021ގައެވެ.

އާރްޑީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 510 ދުވަސްތެރޭ ނިންމާގޮތަށް، 100.7 މިލިއަން ރުފިޔާއަށެވެ.

ކުޅުދުއްފުށި ސިޓީގެ މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެރަށުގެ 18 މަގެއްގައިވަނީ ތާރުއަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް