ކ. މާލެ
|
8 މާރޗް 2022 | އަންގާރަ 16:20
ހުޅުމާލޭގައި 44 އައިސީޔޫ އެނދުގެ އިތުރު ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރުން
ހުޅުމާލޭގައި 44 އައިސީޔޫ އެނދުގެ އިތުރު ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރުން
ހެލްތު މިނިސްޓްރީ
ކޮވިޑް ފެސިލިޓީ ގާއިމުކުރުން
ހުޅުމާލޭގައި 44 އައިސީޔޫ އެނދުގެ އިތުރު ކޮވިޑް ފެސިލިޓީއެއް
މިއީ ކޮވިޑު ފަރުވާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމުކުރި ފެސިލިޓީއެއް
މި ފެސިލިޓީގައި 272 އެނދު ހިމެނޭއިރު، އޭގެ ތެރޭގައި 44 އައިސީޔޫ އެނދުވެސް ހިމެނޭ
މި ސެންޓަރުން އިމަރޖެންސީ ފަރުވާއާއި، އިން-ޕޭޝަންޓް ޚިދުމަތްވެސް ފޯރުކޮށްދޭނެ

ހުޅުމާލޭގައި 44 އައިސީޔޫ އެނދުގެ އިތުރު ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް-19 ބަލި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އިތުރު ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށާއި، މިއީ ކޮވިޑު ފަރުވާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމުކުރި ފެސިލިޓީއެއްކަމަަށެވެ.

"އިންފެކްޝަސް ޑިޒީޒް މެނޭޖްމަންޓް ސެންޓަރ" ނަމުގައި ހުޅުވި މި ފެސިލިޓީގައި 272 އެނދު ހިމެނޭއިރު އޭގެ ތެރޭގައި 44 އައިސީޔޫ އެނދުވެސް ހިމެނޭކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސެންޓަރުން އިމަރޖެންސީ ފަރުވާއާއި, އިން-ޕޭޝަންޓް ޚިދުމަތްވެސް ފޯރުކޮށްދޭނެއެވެ. މިވަގުތުގެ ކެޕޭސިޓީއަށް ބަލާއިރު 35 އިން-ޕޭޝަންޓް އެނދާއި 5 އައިސީޔޫ އެނދު ބޭނުން ކުރެވޭނެކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

ފާއިތުވި 24 ގަޑިއިރަށް ބަލާއިރުވެސް ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 488 މީހުން ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުން 41 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރެއިން ޕޮޒިޓިވްވީ 417 މީހުންނެވެ. ހިންގަމުންދާ ރިސޯޓުތަކުން 21 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުން ޕޮޒިޓިވްވި 488 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 173،064އަށް އަރާފައެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ފަސްވަނަ ރާޅާއެކު ޖެނުއަރީ މަހުގެ ތެރޭގައި ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ދުވާލަކު 2500އަށްވުރެ މަތީގައި ކޭސްތައް ރިޕޯޓު ކުރެވުނު ނަމަވެސް ފެބްރުއަރީ މަސް ފެށުނު ފަހުން ކޭސްތައް ވަނީ ނިސްބަތުން ދަށްވެފައެވެ.

- ކޮމެންޓް