ހދ. ކުޅުދުއްފުށި ސިޓީ
|
7 މާރޗް 2022 | ހޯމަ 12:05
މުލީ އެއާޕޯޓްގައި ހަދާ ފަޔަރ ބިލްޑިންގުގެ މަސައްކަތް ކުރިއަށް ދަނީ
މުލީ އެއާޕޯޓްގައި ހަދާ ފަޔަރ ބިލްޑިންގުގެ މަސައްކަތް ކުރިއަށް ދަނީ
އެމްޓީސީސީ
މުލީ އެއަރޕޯޓުގެ މަސައްކަތް
މުލީ އެއާޕޯޓްގެ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ކުރިއަށްދަނީ
މުލި އެއަރޕޯޓް މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެއް

މ. މުލި އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފަޔަރ ބިލްޑިންގ ހެދުމުގެ މަސައްކަތް ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފި އެވެ.

މުލީ އެއަރޕޯޓް މަޝްރޫއާއި ބެހޭގޮތުން އެމްޓީސީސީން ބުނީ، ފަޔަރ ބިލްޑިންގު ހެދުމުގެ މަސައްކަތުގެ އިތުރުން ފަޔަރ ޕޮންޑްގެ ބްލޮކް ކާސްޓިންގ މަސައްކަތުގެ 50 ޕަސެންޓް ނިންމާލާފައިވާ ކަމަށެވެ.

މުލީ އެއާޕޯޓް މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ އެވެ. އަދި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކޮށް، ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މުލީ އެއާޕޯޓުގެ އިތުރުން ގދ.ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޖުމްލަ 221.7 މިލިއަން ރުފިޔާގެ އެ މަޝްރޫއުގައި ސޮއިކުރީ ފެބްރުއަރީ 28، 2021 ގައެވެ. އަމަލީ މަސައްކަތް ފެށީ އޭޕްރިލް 6، 2021 ގައެވެ.

- ކޮމެންޓް