Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
7 މާރޗް 2022 | ހޯމަ 11:22
މިއަދު އެކްސިޑެންޓްވެ އަލިފާން ރޯވި ސައިކަލް
މިއަދު އެކްސިޑެންޓްވެ އަލިފާން ރޯވި ސައިކަލް
ފޭސްބުކް
ދުއްވާފައި ދިޔަ ސައިކަލެއްގައި އަލިފާން ރޯވުން
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ އަލިފާން ރޯވެއްޖެ
އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 24 އަހަރުގެ ފިރިހެނަކަށް

ކުޅުދުއްފުށި ސިޓީ އަމީނީމަގުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިއަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ހޮޅި ދަނޑިއެއްގައިޖެހި އެކްސިޑެންޓްވެ އަލިފާން ރޯވެއްޖެއެވެ.

އެކްސިޑެންޓްވީ ސައިކަލް ޖެހިފައިވަނީ އަމީނީމަގުގައި ޒޯން ސްޓޭޑިއަމްއާއި ދިމާލުގައި ހުރި ހޮޅި ދަނޑިއެއްގައެވެ. ސައިކަލްގައި ރޯވި އަލިފާންގަނޑު ނިއްވާލީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނެވެ.

Advertisement

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްވެފައި ވަނީ 24 އަހަރުގެ ފިރިހެނެއްކަމަށާއި އޭނާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ. އެކްސިޑެންޑް ވީމީގެ ހަށިގަނޑުގެ ތަންތަން މަށައިގެން ގޮސްފައިވާ ކަމަށާއި އިތުރު ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެހޮސްޕިޓަލުން ބުނިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް