Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
7 މާރޗް 2022 | ހޯމަ 11:43
"އުފަކާރަ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
"އުފަކާރަ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ ކައުންސިލް
"އުފަކާރަ" ޕްރޮގްރާމް
"އުފަކާރަ" ނަމުގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
"އުފަކާރަ" ޕްރޮގްރާމުގެ މަގުސަދަކީ ކާބޯތަކެތި އުފައްދާ ތައްޔާރުކުރުމުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް
މި ޕްރޮގްރާމުގައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އެތަކެތީގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ދީފައިވޭ

"އުފަކާރަ" ނަމުގައި ކުޅުދުއްފުށި ސިޓީގައި ކާބޯތަކެތި އުފައްދާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމްކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުޅުދުއްފުށި ސިޓީގައި ގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އެތަކެތީގެ ފެންވަރު މަތިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

Advertisement

"އުފަކާރަ" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަކީ އަމިއްލަ ކާބޯތަކެތީގެ އުފެއްދުންތަކެއް އުފައްދަމުން އަންނަ ރަށެއްކަމާށައި އެ އުފެއްދުންތަކަށް އިތުރު މާކެޓް ހޯދާ، އެފަދަ އުފެއްދުންތައް އެހެން ހަރުފަތަކަށް ގެންދިއުމަށް ކާބޯތަކެތީ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމުގައެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއްކަމަށާއި ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު 600 މިލިއަނަށްވުރެއް ގިނަ މީހުން އަހަރަކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވެގެން ނުވަތަ ރައްކާތެރި ނޫން ކާބޯތަކެތި ބޭނުން ކުރެވިގެން ބަލިވާއިރު ގިނަބަޔަކު މިކަމުގެ ސަބަބުން މަރުވާކަމަށެވެ.

"އުފަކާރަ" ޕްރޮގްރާމުގެ މަގުސަދަކީ ކާބޯތަކެތި އުފައްދާ ތައްޔާރުކުރުމުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި މިޕްރޮގްރާމުގެ މަގުސަދަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗަކީ ރައްކާތެރި ތަކެއްޗަށް ހެދުން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މައުލޫމާތުދިނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް