ކ. މާލެ
|
3 މާރޗް 2022 | ބުރާސްފަތި 23:45
ހިޔާ ފްލެޓް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ
ހިޔާ ފްލެޓް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންދަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ ފްލެޓް ސަރަހައްދު ތާރު އެޅުމުގެ މަސައްކަތް
ހިޔާ ފްލެޓް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާލައި، ހުކުރު ދުވަހު ބޭނުންކުރަން ފަށަނީ
ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައި

ހިޔާ ފްލެޓް ސަރަހައްދުގެ މަގުތަކުގައި ތާރުއަޅާ ނިމިފައިވާކަމަށާއި, ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަން ފެށޭނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

ތާރުއެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ނިންމާފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެޗްޑީސީން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މައިގަނޑު މަސައްކަތްތައް ނިންމުމަށެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެސަރަހައްދުގައި ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އަމާޒަކީ ހިނގަމުންދާ މާޗް މަސް ނިމެންވާއިރަށް ޒަރޫރީ ބޭނުންތައް މި ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުންކަމަށް އެޗްޑީސީން ބުނެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ, ހިޔާ ފްލެޓް ސަރަހައްދުގައި އާއްމުން ފުރަތަމަ ދިރިއުޅެން ފެށިއިރު ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު ގިނަ މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާބާދުވަމުން އަންނަ ސަރަހައްދަކަށްވާތީ އެކިއެކި މައްސަލަތައް ފެންމަތިވާނެކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ, ކުރު މުއްދަތެއްގެ ތެރޭގައި ޒަރޫރީ ބޭނުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވުނު ކަމަށާއި، ނަމަވެސް ބޮޑު އާބާދީއަކަށް އެތަން އެކަށީގެން ނުވާ ކަމަށެވެ. އަދި ކުރެވުނު މަސައްކަތްތަކާއެކު މިހާރު އިތުރު ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ސުހައިލް ވިދާޅުވީ ސެލޫންތަކާއި، ކްލިނިކްތަކާއި، އެހެނިހެން ވެސް ރައްޔިތުން ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ހިޔާ ފްލެޓްތަކަށް މިހާތަނަށް ގާތްގަނޑަކަށް 3000 އާއިލާއަކުން ބަދަލުވެފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެޗްޑީސީން ބުނެއެވެ.

- ކޮމެންޓް