Advertisement
ކ. މާލެ
|
2 މާރޗް 2022 | ބުދަ 23:25
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު
ރައީސް އޮފީސް
ކުންފުންޏާބެހޭ އައު ބިލެއް އެކުލަވާލުން
ކުންފުންޏާބެހޭ އައު ބިލެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވައިފި
މައިގަނޑު 5 ދާއިރާއަކުން އިސްލާހުތައް ގެނައުމަށް ރިއާޔަތްކޮށްފައިވާނެ
މިހާރު އަމަލުކުރަމުން އަންނަ، ކުންފުންޏާބެހޭ ގާނޫނަކީ މީގެ ފަންސަވީހަކަށް އަހަރުކުރިން އެކުލަވާލައި އަމަލުކުރަމުން އަންނަ ގާނޫނެއް

ކުންފުންޏާބެހޭ އައު ގާނޫނެއް އެކުލަވާލުމަށް ބޭނުންވާ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް, ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ކުންފުނިތަކާ ބެހޭ އައު ބިލަކީ، ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި, ހިންގުމާއި, އުވާލުމާއި, އެނޫންވެސް ކަމާބެހޭ ކަންކަމުގައި ޢަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާކޮށް, އައު ގާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށްޓަކައި އެކުލަވާލާ ގާނޫނެއްކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ކުންފުންޏާބެހޭ ގާނޫނަކީ މީގެ ފަންސަވީހަކަށް އަހަރުކުރިން އެކުލަވާލައި އަމަލުކުރަމުން އަންނަ ގާނޫނެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި ތަރައްގީވެފައިވާ ގާއުމުތަކުންވެސް އެ ގައުމުތަކުގެ ކުންފުނީގެ ގާނޫނީ ނިޒާމަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސް، އިންވެސްޓްމަންޓަށް ފަހި، ދެފުށް ފެންނަ މިންގަނޑުތައް ޚިޔާރުކޮށްފައިވާކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް ކުންފުންޏާބެހޭ ގާނޫނަށް ޒަމާނީ ބަދަލުތަކެއް ގެންނަންޖެހޭކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ކުންފުންޏާބެހޭ ބިލުގެ އެންމެ މުހިއްމު މަގުސަދަކީ، އިގުތިސާދީ އަދި އިޖްތިމާއީ ނަފާ ހޯދުމަށްޓަކައި، އިގުތިސާދީ އުފެއްދުންތެރިކަމުގެ ބޭނުންތަކަށް ރައުސުލްމާލު އިންވެސްޓްކޮށް، އިގުތިސާދީ އަދި ވިޔަފާރީގެ ރިސްކު ނަގައި، ގައުމުގެ އިގުތިސާދުގައި ވިޔަފާރިތައް ހަރަކާތްތެރިވުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ. އަދި، ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި ދިވެހިރާއްޖޭގައިވެސް ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީ ކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި އެކަންކަމުގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އުވާލައި، އައު އޮނިގަނޑެއް ތައާރަފުކުރުމުގައި، މައިގަނޑު 5 ދާއިރާއަކުން އިސްލާހުތައް ގެނައުމަށް ރިއާޔަތްކޮށްފައިވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް