ކ. މާލެ
|
2 މާރޗް 2022 | ބުދަ 22:25
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 134،019ށް
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،229ށް އަރާފައި
ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 371،132ށް އަރާފައި

ރާއްޖޭގައި ބޫސްޓަރ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 134،019ށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާރޗް 1 ވީ އަންގާރަ ދުވަހު 1296 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 406 މީހުންނާއި އަތޮޅުތަކުން 890 މީހުންނެވެ.

އަންގާރަ ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 41 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 27 މީހުންނާއި އަތޮޅުތަކުން 14 މީހުންނެވެ. މިއާއެކު ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 371،132ށް އަރާފައެވެ.

ފުރަތަމަ ޑޯޒް ޖެހީ 15 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 10 މީހުންނާއި އަތޮޅުތަކުން 5 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،229ށް އަރާފައެވެ.

- ކޮމެންޓް