Advertisement
ކ. މާލެ
|
2 މާރޗް 2022 | ބުދަ 15:00
ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދަނީ
ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދަނީ
އެމްޓީސީސީ
ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު
ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު ހަލުވިކަމާއިއެކު ކުރިއަށްދަނީ
މިއީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެއް
މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތްވަނީ ފަށާފައި

ލ.ފޮނަދޫ މަގުހެދުހުމުގެ މަޝްރޫޢުގެ މަސައްކަތްތަށް ހަލުވިކަމާއިއެކު ކުރިއަށްދާކަމަށް މި މަޝްރޫޢު އާއި ހަވާލުވެފައިވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން ބުނި ގޮތުގައި ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، ދުވާރު ހެދުމުގެ މަސައްކަތް 2 މާރޗް 2022 ވަނަ ދުވަހު ވަނީ ފަށާފައިއެވެ. މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން 10،392 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމުގެ މަސައްކަތް ހިމެނޭއެވެ. އަދި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭއެވެ.

Advertisement

އެމްޓީސީސީއިން ބުނި ގޮތުގައި މި މަޝްރޫޢަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް