Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
1 މާރޗް 2022 | އަންގާރަ 10:20
ކައުންސިލް ގުރުއާން މުބާރާތް 2020
ކައުންސިލް ގުރުއާން މުބާރާތް 2020
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކައުންސިލް ގުރުއާން މުބާރާތް
ކުޅުދުއްފުށީ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު މިމަހުގެ 20ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލަށް ހުށަހަޅަންޖެހޭ
ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް އަދި ޔުނިވާސިޓީތަކުން އެތަނަކުން ބައިވެރިވާ ފަރާތްތަކުގެ އެކްސެލް ލިސްޓެއް ވެސް އެއިދާރާއަށް ފޮނުއްވަންޖެހޭ

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން "ކުޅުދުއްފުށީ ޤުރުއާން މުބާރާތް" ނަމުގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ އަންނަ އެޕްރީލް މަހު 05 އަދި 06 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު 20 މާރޗްގެ 14:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް އަދި ޔުނިވަރސިޓީ މެދުވެރިކޮށް ކައުންސިލް އިދާރާއަށް ހުށަހެޅަން ޖެހޭނެކަމަށެވެ.

މީގެއިތުރުން ބައިވެރިވާ ސްކޫލް، ޤުރުއާން ކްލާސް އަދި ޔުނިވަރސިޓީތަކުން އެތަނަކުން ބައިވެރިވާ ފަރާތްތަކުގެ އެކްސެލް ލިސްޓެއް އެއިދާރާއަށް ފޮނުވަންވާނެ ކަމަށެވެ.

Advertisement

އަދި ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ހައިސިއްޔަތުން ފޯމް ހުށަހެޅުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކައުންސިލްގެ ކައުންޓަރުން ލިބޭނެ ކަމަށާއި މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު އިދާރާގެ ވެބްސައިޓް www.kulhudhuffushicity.gov.mv ޑައުންލޯޑްކުރެވެން ހުންނާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް