Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
28 ފެބްރުއަރީ 2022 | ހޯމަ 16:47
ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަން
ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަން
ޕޮލިސް މީޑިޔާ
މަސްތުވާ ތަކެއްޗާއެކު ޒުވާނަކު ހައްޔަރު ކުރުން
މަސްތުވާ ތަކެއްޗާއެކު ކުޅުދުއްފުށިން ޒުވާނަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް

ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަން އެއްގައި މަސްތުވާ ތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

އެ ސިޓީގައި ހިންގި އޮޕަރޭޝަން އަކީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަން އެކެވެ. ކުޅުދުއްފުށީ ސިޓީ ފުލުހުންނާއި، އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފެބްރުއަރީ 27 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

Advertisement

އެ މައްސަލާގައި ހައްޔަރުކުރީ މީހާގެ އިތުރު މަޢުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަވެސް ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް