Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
28 ފެބްރުއަރީ 2022 | ހޯމަ 11:20
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ސިޓީގައި އެއަރ މޮނިޓަރިންގ ސެންސަރއެއް ގާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
މިސެންސަރގެ ސަބަބުން އެސަރަހައްދުގެ ވައިގެ ތެރޭގައި އެއްވެސް ނުސާފުކަމެއް އުޅޭނަމަ އެނގޭނެ

ކުޅުދުއްފުށި ސިޓީގައި އެއާރ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހު ބޭއްވި މިރަސްމިއްޔާތުގައި އެމް.އޯ.ޔޫގައި ކުޅުދުއްފުށި ސިޓީގެ ފަރާތުން މޭޔަރ އާތިފް ސޮއިކޮށްފައި ވާއިރު މި ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން ވަޑައިގެންނެވި 2 ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މޭޔަރ އާތިފް ވިދާޅުވި ގޮތުގައި މިސެންސަރގެ ސަބަބުން އެސަރަހައްދުގެ ވައިގެ ތެރޭގައި އެއްވެސް ނުސާފުކަމެއް އުޅޭނަމަ އެނގޭނެ ކަމަށާއި ޖައްވަށް ދޫކުރާ ގޭސްތަކާއި ކުނި އެންދުމާއި ގުޅިގެން ޖައްވު ތަޣައްޔަރު ވަމުންދާ މިންވަރުވެސް މި ސެންސަރ މެދުވެރިކޮށް އެނގިގެންދާނެއެވެ. އަދި އެމާހައުލަކީ އިންސާނުން ދިރުއުޅުމަށް އެކަށީގެންވާ މާހައުލެއްތޯ ބެލުމަށްވެސް މި ސެންސަރގެ ސަބަބުން ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

Advertisement

އެންވަޔަރމެންޓް މިނިސްޓްރީއިން ކުރިއަށްގެންދާ ވައިގެ ސާފު މިންވަރު ދެނެގަތުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި ގާއިމް ކުރަމުން މިދާ ސެންސަރތަކުގެ އެހީގައި ހޯދޭ އެއާ ކޮލިޓީ އިންޑެކްސް އަދި އިތުރު މައުލޫމާތުhttps://www.iqair.comމެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ.

މި މަޝްރޫއުއަކީ އެމިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް