ކ. މާލެ
|
27 ފެބްރުއަރީ 2022 | އާދީއްތަ 13:50
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020 ފޮތް އިފްތިިތާހު ކުރުން
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020 ފޮތް އިފްތިިތާހު ކުރުން
ހެލްތު މިނިސްޓްރީ
މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް
"މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020“ އާންމުކޮށްފި
 
ރާއްޖޭގެ 40 އިންސައްތަ ޑޮކްޓަރުންނަކީ ސްޕެޝަލިސްޓް ޑޮކްޓަރުން
 
މަގުސަދަކީ ސިއްޙަތާއި ސިއްޙީ ނިޒާމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުކާއި ތަފާސްހިސާބު އެއް ފޮތަކުން ފަސޭހަކަމާއިއެކު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުން

ރާއްޖޭގެ ސިއްޙީ ތަފާސްހިސާބުތައް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ "މޯލްޑިވްސް ހެލްތު ސްޓެޓިސްޓިކްސް 2020" އާންމުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ފޮތް އާއްމުކޮށްދެއްވީ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތްފީއެވެ.  

މި ފޮތް ޝާއިރު ކުރުމުގެ މައިގަނޑު މަގުސަދަކީ ސިއްޙަތާއި ސިއްޙީ ނިޒާމާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުކާއި ތަފާސްހިސާބު އެއް ފޮތަކުން ފަސޭހަކަމާއިއެކު އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމެވެ. މި ފޮތުގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި ވިހާ، މަރުވާ މީހުންގެ މައުލޫމާތާއި، ތަފާތު ބަލިތަކުގެ މައުލޫމާތުގެ އިތުރުން، ރާއްޖޭގެ ސިއްޙީ ނިޒާމާއި އާންމު ސިއްޙަތާއި ބެހޭ މުހިންމު ތަފާސްހިސާބުތައް ހިމެނިފައިވެއެވެ. އަދި ކޮވިޑް-19ގެ ތަފާސްހިސާބުތައް ހިމެނޭ ޗެޕްޓަރއެއް ފޮތުގައި ހިމެނިފައިވެއެވެ.

މި ފޮތުގައި އެކުލެވޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 40 އިންސައްތަ ޑޮކްޓަރުންނަކީ ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ. އަދި ނަރުހުންގެ ތެރެއިން 59 އިންސައްތަ ނަރުހުންނަކީ ދިވެހިންނެވެ. 2020 ވަނަ އަހަރު 50 އިންސައްތައް އަށްވުރެ ގިނަ އަންހެނުން ވިހާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ. އެޑްމިޓްކުރެވިގެން ފަރުވާދެވިފައިވާ 35 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާބަލި ތަކުގައި ފަރުވާހޯދާފައިވާ މީހުންނެވެ. އަދި 2020 ވަނަ އަހަރު މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޖެއިން 13،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވެއެވެ.  

މި ހޯދުންތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމަށާއި އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް