ކ. މާލެ
|
5 ޖޫން 2017 | ހޯމަ 01:12
15 ވަނަ ރަމަޟާން ކްރިކެޓް ކާނިވަލްގައި އާދިއްތަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން
15 ވަނަ ރަމަޟާން ކްރިކެޓް ކާނިވަލްގައި އާދިއްތަ ދުވަހު ކުޅުނު މެޗުތަކުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ރަމަޟާން ކްރިކެޓް ކާނިވަލް
ލެޝަރ ކާގޯ އަދި ވަންއޯވަންއިން މެޗުތަށް ކާމިޔާބުކޮށްފި
ލެޝާރ ކާގޯއިން އިން ވަނީ 5 ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަދާފަ
ވަންއޯވަންއިން މެޗް ކާމިޔާބުކޮށްފައިވަނީ 6 ވިކެޓުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލްގައި އާދިއްތަ ދުވަހުގެ ކުޅުނު އޯޕަން ޓޭޕްބޯލްގެ މެޗުތަށް ލެޝާރ ކާގޯ އަދި ވަންއޯވަންއިން ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ މެޗް މެރިކާނޯ އާއި ވާދަކޮށް ލެޝާރ ކާގޯއިން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ފުރަތަމަ ކުޅެން އަރާފައި ވަނީވެސް އެޓީމެވެ. އެޓީމުން ވަނީ 5 ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަދާފައެވެ. ޖަވާބުގައި މެރިކާނޯއިން ކުޅެންއަރާ 8 އޯވަރު ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދިފައިވަނީ 38 ލަނޑެވެ.

ދެވަނަ މެޗުގައި އެމްއާރުޑިސީ އާއި ވަންއޯވަން ބައްދަލުކޮށް ވަންއޯވަންއިން މެޗް ކާމިޔާބުކޮށްފައިވަނީ 6 ވިކެޓުންނެވެ. ޓޮސް ދިމާވުމުން އެމްއާރުޑީސީއިން ގަސްތުކުރީ ކުޅޭށެވެ. އެގޮތުން، ކުޅެން އަރާ 8 އޯވަރުގެ ތެރޭގައި އެޓީމަށް ހެދިފައިވަނީ 94 ލަނޑެވެ. ޖަވާބުގައި ވްއޯވަންއިން ކުޅެންއަރާ 5.3 އޯވަރުގެ ތެރޭގައި އެޓީމުން ވަނީ 100 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު އާރިފް ރިޒާ 32 ލަނޑު ހެދިއިރު، ހަސަން އިބްރާހިމް ވަނީ 28 ލަނޑު ހަދާފައެވެ. އަދި އަހުމަދު އަމީލް ވަނީ 14 ލަނޑު ހަދާފައެވެ. އެޓީމުގެ ޝަރީފް އަދި މާޝިދު ވަނީ 1 ވިކެޓް ނަގާފައެވެ.

މި ކާނިވަލްގައި މާދަމާ ކުޅޭނީ އޯޕަން އޮފީސް ބައިގެ 2 މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް އިމިގްރޭޝަން އާއި އައިލެންޑް އޭވިއޭޝަނެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީއެސްސީ އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗްތަށް ފަށާނީ 16:05 ގައެވެ.

- ކޮމެންޓް