ކ. މާލެ
|
26 ފެބްރުއަރީ 2022 | ހޮނިހިރު 15:30
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރގެއި ލަވްރޯވް
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރގެއި ލަވްރޯވް
ރޮއިޓަރސް
ރަޝިއާގެ ސެކިއުރިޓީ
ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
ނޭޓޯއާއި ނުގުޅޭނެކަމުގެ ޔަގީންކަން ފިންލޭންޑުން ދީފައިވޭ

ފިންލެންޑާއި ސްވިޑްން އިން ނޭޓޯގެ ދިފާއުގައި އެހީތެރިކަން ފޯރުކޮށްދޭނަމަ އެކަމުގެ އަގު އަދާކުރަން ޖެހޭނެކަމަށް ބުނެ ރަޝިޔާއިން އިންޒާރުދީފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވަނީ ފިންލޭންޑް ނުވަތަ ސްވިޑަން އިން ވެސް ނޭޓޯއާއި ގުޅިއްޖެނަމަ އެކަމުގެ ސީރިއަސް ރައްދެއް ރަޝިއާއިން ދޭނެކަމަށް ވިދާޅުވެފައެވެ.

މޮސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަޚަރޯވާ ވަނީ ނޯޑިކްގެ ގައުމުތައް ކަމުގައިވާ ސްކެންޑިނޭވިއާ، ފިންލެންޑް އަދި އައިސްލަންޑް އިން ނޭޓޯއާއި ގުޅެން ވިސްނައިފިނަމަ، ސީރިއަސް އަސްކަރީ އަދި ސިޔާސީ ފިޔަވަޅުތަކެއް އަންނާނެ ކަމަށާއި އަދި އެކަމުގެ ރައްދެއްގެ ގޮތުން ރަޝިއާއިން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ނޭޓޯގެ ކަންކަމުގައި ބައެއް ފަހަރު ފިންލެންޑުން ގުޅިގެން މަސައްކަތް ކުރާ ކަމަށާއި، ހުކުރު ދުވަހު ބާއްވާ ބައްދަލުވުމަށް ބްރަސެލްސްއަށް ދިޔަ ނަމަވެސް ރަސްމީކޮށް ނޭޓޯ އާގުޅުމުގެ ވާހަކައެއް ދައްކާފައި ނުވާކަމަށްވެސް ޒަޚަރޯވާ ވިދާޅުވިއެވެ.

މިދިޔަމަހު ފިންލަންޑްގެ ބޮޑުވަޒީރު ސައްނާ މަރިން ވިދާޅުވީ އޭނާ އޮފީހާއި ހަވާލުވެވަޑައިގެން ހުންނަވާ އިރު ފިންލެންޑުން ނޭޓޯ އާއި ގުޅުމަކީ ވުމަށްވުރެ ނުވުން ދުރުކަމެއް ކަމަށެވެ.

ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެފައިވަނީ ވެސް އެގައުމުން ނޭޓޯ އާއި ގުޅެން ނިންމާ އެހުށަހެޅުން ހުށަހަޅާފައިވަނިކޮށެވެ. އަދި އެއީ ރަޝިޔާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރަޝިއާއިން ސިފަ ކުރެއެވެ.

- ކޮމެންޓް