ކ. މާލެ
|
25 ފެބްރުއަރީ 2022 | ހުކުރު 23:02
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިންގެ ހާލަތު
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 126،456ށް
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،168ށް އަރާފައި
ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،973ށް އަރާފައި

ރާއްޖެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 126،456 މީހުން ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު ބުރާސްފަތި ދުވަހު 1812 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 747 މީހުންނާއި އަތޮޅުތަކުން 1065 މީހުންނެވެ.

ފުރަތަމަ ޑޯޒް 31 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 11 މީހުންނާއި އަތޮޅުތަކުން 20 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،168ށް އަރާފައެވެ.

ދެވަނަ ޑޯޒް 86 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 41 މީހުންނާއި އަތޮޅުތަކުން 45 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،973ށް އަރާފައެވެ.

- ކޮމެންޓް