ކ. މާލެ
|
25 ފެބްރުއަރީ 2022 | ހުކުރު 12:03
ޔޫކްރޭންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ
ޔޫކްރޭންގެ ރައީސް ވްލަޑީމިއަރ ޒެލެންސްކީ
ރޮއިޓަރސް
ރަޝިއާ-ޔޫކްރޭންގެ ހަނގުރާމަ
ރަޝިއާގެ އެއްވަނަ ޓާގެޓަކީ އަޅުގަނޑު – ޒެލެންސްކީ
ވެރިރަށް ކިޔެވް ދޫކުރައްވާ ވަޑައިގެންނެވުމުގެ ވިސްނުންފުޅެއް ނެތް

ރަޝިއާއިން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތަކުގެ މައި ޓާގެޓަކީ އެމަނިކުފާނު ކަމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ރަޝިއާއިން ޔޫކްރޭނަށް ހަމާލާދީ ހަނގުރާމަ ފަށާފައިވާއިރު، ޔޫއެސް ޑީޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރަސް ވިދާޅުވެފައިވަނީ ރަޝިއާގެ ރުޅިވެރިކަމުގެ ފުރަތަމަ ޓާގެޓަކީ ރައީސް ޒެލެންސްކީ ކަމަށެވެ.

ޔޫކްރޭންގެ ރައީސްއާއި އެމަނިކުފާނުގެ ޓީމުން ކުރިއަށް އޮތް ގަޑިތަކުގައި ނިންމުންތަކެއް ނިންމާނެއެވެ. އަދި އެ ނިންމުންތަކަކީ ރައީސާއި، ޔޫކްރޭންގެ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ހެދުން ކަމަށާއި، ގައުމު ރައްކާތެރިކަމަށް ކުރިއަތް އޮތް ދުވަސްތަކަށް ވެސް ގޮތްތަކެއް ނިންމުމަށް ވަނީ ނިންމާފައެވެ.

ރަޝިއާގެ އެއްވަނަ ޓާގެޓަކީ އެމަނިކުފާނު ކަމަށާއި، ދެން ރަޝިއާގެ ޓާގެޓަކަށް ވާނީ އެމަނިކުފާނުގެ އާއިލާކަމަށް ޓީވީ މެދުވެރިކުރައްވާ ދެއްވި އިންޓަވިއުގައި ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު ހުންނެވީ ސަރުކާރުގެ އިމާރާތެއްގައި ކަމަށް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. 

ޔޫކްރެއިންގެ ވެރިރަށް ކިޔެވް ދޫކުރައްވާ ވަޑައިގެންނެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށާއި މިހާރުވެސް ހުންނެވީ ކިޔެވްގައި ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީ ވިދާޅުވީ އެމަނިކުފާނަކީ ރަޝިޔާގެ އެއްވަނަ ޓާގެޓްކަމަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ފެށުމަށް ރަޝިޔާއަށް ގޮވާލެއްވިއެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން އަންނަނީ އަސްކަރީ ތަންތަނުގެ އިތުރުން އާންމުން ދިރިއުޅެމުން އަންނަ ތަންތަނަށްވެސް ހަމަލާތައް ދެމުންކަމަށެވެ.

ރަޝިއާއިން ހަނގުރާމަ ފެށިތާ 24 ގަޑިއިރު ވެފައިވާއިރު، މި ހަނގުރާމައަކީ ޚުދު ޕުޓިން އަމިއްލަފުޅަށް ފެއްޓެވިކަމެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމަ ފައްޓަވާފައިވާތީ ޕުޓިން އާއި ދެން މަޝްވަރާ ކުރައްވަން ބޭނުންފުޅުނުވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ސެކެރެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން މަސައްކަތްކުރައްވަނީ ޔޫކްރެއިންގައި މިހާރު އޮތް ސަރުކާރު ވައްޓާލުމަށްކަމަށެވެ.

- ކޮމެންޓް