ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 19:50
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން
ބުދަ ދުވަހު ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ތެރެއިން
ރައީސް އޮފީސް
ހިންގުމުގެ ދާއިރާގެ ތަމްރީން ޕްރޮގްރާމް
ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފި
ސަރުކާރުގެ އިދާރާތަކުގައި ހިންގުމުގެ ލެވެލްގައި މަސައްކަތްކުރާ 200އަށްވުރެ ގިނަ ފަރާތުން މި ސެޝަންގައި ބައިވެރި
ލަނޑުދަނޑިތަކަށް ވާސިލުވުމަށް ވިސްނުން ބައްޓަންކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވި
މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު، ރައީސް އިފްތިތާހްކޮށްދެއްވި ޕްރޮގްރާމެއް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) ގުޅިގެން ކުރިޔަށްގެންދާ, "ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2021-2023"ގެ ފުރަތަމަ ތަމްރީނު ސެޝަން ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހު ގައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި ކުރިޔަށްގެންދިޔަ މި ސެޝަންގެ މައުލޫއަކީ "ސްޓްރެޓެޖިކް ތިންކިންގ: ސެޓިންގ ނިއު ޓާގެޓްސް އެންޑް ގޯލްސް"އެވެ. މިސެޝަން ނަންގަވައިދެއްވީ، މައިންޑް ފީލްޑްސް އިންކް. ކޮންސަލްޓިންގ އޭޖެންސީގެ ކޯޕަރޭޓް ޓްރޭނަރ އަދި ބިޒްނަސް ކޮންސަލްޓަންޓް މުހައްމަދު މިސްތޯހުއެވެ.

މި ސެޝަންގައި ސްޓްރެޓަޖިކް ތިންކިންގގެ އެހީގައި, ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ވިސްނުން ބައްޓަންކުރަންވީ ގޮތުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މި ސެޝަންގައި ސަރުކާރުގެ އިދާރާތަކުގައި ހިންގުމުގެ ލެވެލްގައި މަސައްކަތްކުރާ 200އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.

ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 27 ވަނަ ދުވަހު ރައީސް އިފްތިތާހްކޮށްދެއްވި ޕްރޮގްރާމެކެވެ.

ސަރުކާރުގެ ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމަކީ، ރައީސް އޮފީހުގެ ޕަބްލިކް ސަރވިސް ޓްރޭނިންގ ޔުނިޓާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވައިފައިވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.


Advertisement
- ކޮމެންޓް
23 ފެބްރުއަރީ 2022 | ބުދަ 20:00
ޢަބްދުﷲ އަޙްމަދު
މި ތަޤްރީރުވީ މައުޟޫޢު އާ ނުގެޅޭ ގެއްލުނު ބޭކާރު ވަގުތަކަށެވެ.