ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 17:50
ހުސެއިން މުހައްމަދު (ވ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސަައްތާރު (ކ)
ހުސެއިން މުހައްމަދު (ވ) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސަައްތާރު (ކ)
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ
އޭޝިއަން ގޭމްސްގެ ޝެފް ޑި މިޝަންއަކަށް ހުސެއިން
ހުސެއިން ވަނީ 19 ވަނަ ކޮމަންވެލްތު ގޭމްސްގައި ވެސް ޝެފް ޑި މިޝަންގެ ޒިންމާ އަދާކުރައްވާފައި

ޗައިނާގައި މިއަހަރު އޮންނަ އޭޝިއަން ގޭމްސްގެ ޝެފް ޑި މިޝަން އަކަށް މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސައިން މުޙައްމަދު ހަމަޖައްސައިފިއެވެ.

ޗައިނާގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 އިން 25 އަށް ކުރިއަށްދާ އޭޝިއަން ގޭމްސްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން މިއަހަރު ބައިވެރިވާ ގޭމްސްތަކުގެ ތެރެއިން އެންމެ އިސްކަމެއްދޭ ގޭމްސްއެވެ.

އޭޝިއަން ގޭމްސްގެ ޝެފް ޑި މިޝަން އަކަށް ހުސައިން ހަމަޖެއްސެވުމުން އޭނާގެ އެންމެ ބޮޑު ޒިންމާއަކަށްވާނީ ގޭމްސްގައި ބައިވެރިވާ އެތުލީޓުންނަށް މި ގޭމްސްގައި ބޭނުންވާ ކަންކަން ހަމަޖެއްސުމެވެ. އެގޮތުން ހުރުމުގެ އިންތިޒާމާއި، ދަތުރުކުރުމުގެ ކަންކަން ބަލަހައްޓައި އެކަންކަން ހަމަޖެއްސުމުގައި މުބާރާތުގެތެރޭން އެންމެ އިސްކޮށް ހަރަކާތްތެރިވެލައްވާނީ ހުސެއިންއެވެ.

ހުސެއިން ވަނީ މީގެ ކުރިން 2010 ވަނަ އަހަރު އިންޑިއާގެ ނިއުދިއްލީގައި އޮތް 19 ވަނަ ކޮމަންވެލްތު ގޭމްސްގެ ޗެފް ޑި މިޝަންގެ ޒިންމާ ވެސް އަދާކުރައްވާފައެވެ.

ހުސައިން އަކީ އެމްއޯސީގެ އެޑިއުކޭޝަން އެންޑް ކަލްޗާ ކޮމިޓީގެ މެމްބަރެކެވެ. ސްޕޯޓްސް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ފުރިހަމަ ކުރައްވާފައިވާ ހުސައިން ވަނީ ދާދިފަހުން ސްރީލަންކާގައި ނިމުނު ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ އިސް ޑެލިގޭޓްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ރާއްޖޭގައި ތިބި މަދު އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ ރެފްރީންގެ ތެރޭގައި ހިމެނޭ ހުސައިން ވަނީ ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ދެ ދައުރު އަދާކުރައްވާފަ އެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ހުސައިން އަކީ ދުނިޔޭގެ އެންޓި ޑޯޕިން ޖަމިއްޔާ އިން ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ސަރަހައްދީ މެނޭޖަރު ވެސް މެއެވެ.

- ކޮމެންޓް