Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
21 ފެބްރުއަރީ 2022 | ހޯމަ 18:16
ބަނގުރާ
ބަނގުރާ
ޕޮލިސް
ކުޅުދުއްފުށިން ދެމީހަކު ހައްޔަރު ކުރުން
ބަނގުރަލާއެކު ކުޅުދުއްފުށިން 2 މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެއް

ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މައުލޫމާތުދިންގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން, ފެބްރުއަރީ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ބަނދަރު ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު, އެ ދެ މީހުން ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން ތިން ފުޅި ބަނގުރާ ފެނިފައިވެއެވެ.

Advertisement

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން, މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 7 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލަ ކުޅުދުއްފުށީ ސިޓީ ޕޮލިހުން ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް