ހދ. ކުޅުދުއްފުށި ސިޓީ
|
21 ފެބްރުއަރީ 2022 | ހޯމަ 19:24
ހދ ނޮޅިވަރަމްފަރު
ހދ ނޮޅިވަރަމްފަރު
ފޭސްބުކް
ނޮޅިވަރަމްފަރު ހައުސިންގ ޔުނިޓް ތައް
ނޮޅިވަރަންފަރުން ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލި މީހުންގެ ލިސްޓަށް ޝަކުވާ ހުށައަޅަން ހުޅުވާލައިފި
މި މަސައްކަތަށް 27.9 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ހާމަ ކުރައްވާފައި

ދިގު މުއްދަތެއްގެތެރޭ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ނޮޅިވަރަންފަރުން ދޫކުރުމަށް ހަމަޖެހިފައިވާ 8 ހައުސިން ޔުނިޓަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ލިސްޓް އާންމުކޮށް، ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މި ލިސްޓްގައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއްވާނަމަ މިފެށޭ މާރިޗް މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ޝަކުވާއެއް ސާފުވާނެ ގޮތަށް ހުށަހަޅަން ނޮޅިވަރަންފަރު ކައުންސިލުން އެދެއެވެ.

މިގޮތަށް ޝަކުވާ ހުށަހަޅަން ޖެހެނީ ލިޔުމަކުންނެވެ. މުއްދަތު ހަމަވާފަހުން ހުށަހަޅާ ޝަކުވާއާއި، އަނގަބަހުން ހުށަހަޅާ ޝަކުވާ ބަލައި ނުގަންނާނެ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފައިވެއެވެ.

މި ހައުސިން ޔުނިޓްތަކަކީ 2011 ވަނަ އަހަރު އެރަށަށް ބަދަލުކުރި ހދ. އަތޮޅުގެ މައިވާދޫ، ކުނބުރުދޫ އަދި ފަރިދޫ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ފެށި މަޝްރޫޢުގެ ތެރެއިން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓް ތަކެކެވެ. އެ ތިން ރަށުގެ މީހުންގެ ތެރެއިން ބޯހިޔާވަހިކަން ހަމަނުޖެހި އެންމެފަހަށް ތިބި 52 ޢާއިލާއަށް ހައުސިން ޔުނިޓްތައް ހަވާލުކުރީ 18ޑިސެމްބަރު 2020 ގައެވެ. އެ ޢާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖެހުނީ 9 އަހަރުގެ ދިގު އިންތިޒާރަކަށް ފަހުއެވެ.

23 އޭޕްރިލް 2019 ގައި ކޮންޓްރެކްޓުކުރި މި މަސައްކަތަށް 27.9 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީއިން ވަނީ ހާމަ ކޮށްފައެވެ.

- ކޮމެންޓް