ކ. މާލެ
|
21 ފެބްރުއަރީ 2022 | ހޯމަ 08:45
ގދ.ތިނަދޫ
ގދ.ތިނަދޫ
ސޯޝަލް މީޑިއާ
ބިމުގެ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް
ބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް
 
ބިމުގެ ޑިމާންޑަށް ބަލައި، ކޮންމެ ދެ އަހަރުން އެއްފަހަރު މުރާޖަޢާކޮށް ކުއްޔަށް ބަދަލުގެނައުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވޭ
 
ކަނޑައަޅާ އެންމެ ކުޑަ ކުލި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ޝާއިޢު ކުރަންވާނެ
 
ބިމުގެ ޑިމާންޑް ހުރި މިންވަރަށް ބަލައި ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅައިފައިވާ އެ ސަރަޙައްދުގެ ބިމުގެ އަގަށް ރިޢާޔަތްކޮށް އަގު ކަނޑައެޅޭނެ

އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދީފިއެވެ.

ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި، އިޤްތިޞާދީ ފުދުންތެރިކަމަށާއި، ބިމުގެ ޑިމާންޑް ހުރި މިންވަރަށް ބަލައި، ރަށުގެ ނުވަތަ ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައި ކަނޑައަޅައިފައިވާ އެ ސަރަޙައްދުގެ ބިމުގެ އަގަށް ރިޢާޔަތްކޮށް، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލުންނެވެ. ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ކަމަށެވެ.

އެންމެ ކުޑަ ކުލި ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫސް ޕްލޭނުގައި ވާ ގޮތުގެ މަތީން އެ ސަރަޙައްދުގެ ބިމުގެ އަގުކަމަށް ކަނޑައަޅައިފައިވާ އަގަށް ރިޢާޔަތްކޮށް، އެ އަގަށްވުރެ ކުޑަނުވާނޭ ގޮތެއްގެ މަތީން ހިސާބުކޮށް ކުލި ކަނޑައެޅޭކަން، ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ކަށަވަރު ކުރަންވާނެއެވެ.

ކަނޑައަޅާ އެންމެ ކުޑަ ކުލި، ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް ޝާއިޢު ކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

އެންމެ ކުޑަކުލި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި އިޤްތިޞާދީ ފުދުންތެރިކަމަށާއި ބިމުގެ ޑިމާންޑަށް ބަލައި، ކޮންމެ ދެ އަހަރުން އެއްފަހަރު މުރާޖަޢާކޮށް ބަދަލު ގެނައުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ތަފާތުކުރުމުގެ އިޚްތިޔާރު، ރަށެއްގައި ނަމަ، އެ ރަށެއްގެ ރަށު ކައުންސިލަށް ލިބިގެންވެއެވެ. ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

އެހެންނަމަވެސް، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅަންވާނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލާ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް މިގަވާއިދުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
21 ފެބްރުއަރީ 2022 | ހޯމަ 11:48
ގަމާރު ސައުދު އަލީ
ތިނަދޫ ބިމުކުލި އުޅެނީ އަކަފޫޓަކަށް 7ރ އެއީ އެންމެ ކުޑަ އަގު ކަމުގައި ތިނަދޫ ސިޓީގެ މޭޔަރު ވަނީ ހަމަޖައްސަވާފައެވެ
ގުޅުންހުރި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި