ކ. މާލެ
|
21 ފެބްރުއަރީ 2022 | ހޯމަ 01:11
ކޮވިޑް-19 ވެކްސިން ކާޑު
ކޮވިޑް-19 ވެކްސިން ކާޑު
ރާއްޖެއެމްވީ
ކޮވިޑް-19، ވެކްސިން ޕްރޮގްރާމް
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 118،000ން މައްޗަށް
ބޫސްޓަރ ޑޮޒު ޖަހާފައިވަނީ 118،396 މީހުން
ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،710ށް އަރާފައި
ފުރަތަމަ ޑޯޒް ޖެހީ 398،072 މީހުން

ރާއްޖޭގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 118،000ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ހިނިހިރު ދުވަހާއި ހަމައަށް ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 118،396 މީހުންނެވެ. ހޮނިހިރު ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުން 281 މީހުންނާއި އަތޮޅުތަކުން 1،767 މީހުންނެވެ.

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 22 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 11 މީހުންނާއި އަތޮޅުތަކުން 11 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،710ށް އަރާފައެވެ.

ފުރަތަމަ ޑޯޒް 16 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 7 މީހުންނާއި އަތޮޅުތަކުން 9 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،072ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަމުންދާއިރު, އެޗްޕީއޭއިން މިހާރު ބުނެފައިވަނީ އެޕޮއިންޓްމެންޓް ނުހައްދާވެސް ބޫސްޓަރ ޑޯޒް ޖެހޭނެކަމަށެވެ.

- ކޮމެންޓް