Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2022 | އާދީއްތަ 11:05
ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ
ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ
އެމްޓީސީސީ
ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު
ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިއްޖެ
މިމަޝްރޫޢުގެ 90 އިންސައްތަ މަސައްކަތްވަނީ ނިމިފައި
މިއީ 40.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް

ފ.ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްކަގެ ބޮޑުބައެއް ނިމިއްޖެއެވެ.

ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ހަވާލުވެފައިވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނި ގޮތުގައި މިމަޝްރޫޢުގެ 90 އިންސައްތަ މަސައްކަތްވަނީ ނިމިފައެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ބޭރުތޮށިލުމުގެ 85 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާއިރު، މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންދެވިފައިއެވެ.

Advertisement

އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫޢުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން ހިމެނޭއެވެ.

މި މަޝްރޫޢަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީ އިން ބުނޭއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް