ކ. މާލެ
|
19 ފެބްރުއަރީ 2022 | ހޮނިހިރު 01:07
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިން ޕްރޮގްރާމް
އިތުރު 2590 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،056ށް އަރާފައި
ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،688ށް އަރާފައި

ރާއްޖެއިން އިތުރު 2590 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ މާލެ ސަރަހައްދުން 691 މީހުންނާއި އަތޮޅުތަކުން 1899 މީހުންނެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 116،629ށް އަރާފައެވެ.

ބުރާސްފަތި ދެވަނަ ޑޯޒް ޖަހާފައިވަނީ 49 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 39 މީހުންނާއި އަތޮޅުތަކުން 10 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،688ށް އަރާފައެވެ.

ފުރަތަމަ ޑޯޒް 30 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 19 މީހުންނާއި އަތޮޅުތަކުން 11 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،056ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަމުންދާއިރު, އެޗްޕީއޭއިން މިހާރު ބުނެފައިވަނީ އެޕޮއިންޓްމެންޓް ނުހައްދާވެސް ބޫސްޓަރ ޑޯޒް ޖެހޭނެކަމަށެވެ.

- ކޮމެންޓް