ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 18:10
އއ.ރަސްދޫ
އއ.ރަސްދޫ
ސޯޝަލް މީޑިއާ
އއ އަތޮޅުގެ ރަށްތަކަށް ހުޅުވާލާއިގެން ވޮލީބޯޅަ މުބ
އއ އަތޮޅުގެ ރަށްތަކަށް ހުޅުވާލާއިގެން "ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2022" ބޭއްވުމަށް ހަމަޖެހިއްޖެ
މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޕްރޮޕޯޒަލް ހުށައަޅައިގެެން އެެންމެެ ގިނަ މާކުސް ލިބޭ ރަށެއްގައި
މި މުބާރާތް ކުރިޔަށގެންދާނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އއ. އަތޮޅުކައުންސިލް ގުޅިގެން

އއ އަތޮޅުގެ ރަށްތަކަށް ހުޅުވާލާއިގެން "ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2022" ނަމުގައި ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

"ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕް 2022" ނަމުގައި ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް އއ. އަތޮޅު ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ މިއީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އއ. އަތޮޅުކައުންސިލް ގުޅިގެން އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.  އަންހެން އަދި ފިރިހެން ޑިވިޛަން ވަކީން ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޞާން މަހުގެފަހު ކޮޅުގައެވެ.

އއ.އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޕްރޮޕޯޒަލް ހުށައަޅައިގެެން އެެންމެެ ގިނަ މާކުސް ލިބޭ ރަށެއްގައެވެ.

.

- ކޮމެންޓް