ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 12:54
ރާއްޖެ-އިންޑިއާއިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕްރޭޝަނެއްގައި އިންޑިއާގެ ޑޯނިއާއެއް ބޭނުންކުރަނީ
ރާއްޖެ-އިންޑިއާއިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕްރޭޝަނެއްގައި އިންޑިއާގެ ޑޯނިއާއެއް ބޭނުންކުރަނީ
ސޯޝަލް މީޑިއާ
ޑިފެންސް އެކްޝަން ޕްލޭން
ރައީސް ޔާމީންގެ ވެރިކަމުގައި ހެލިކަޕްޓަރު އަނބުރާ ގެންދިއުމަށް އެދިފައިވާއިރު، ޑޯނިއާއެއް ގެނައުމަށް ރިކުއެސްޓް ކޮށްފައިވޭ: މިނިސްޓަރު މާރިޔާ
ޑިފެންސް އެކްޝަން ޕްލޭންއަކީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ނުހަނު މުހިންމު އެކްޝަން ޕްލޭނެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވޭ
2016 ގެ ކުރިން މިގައުމުގައި އޮތީ އެންމެ ހެލްކަޕްޓަރެއް، ރައީސް ޔާމީންގެ ޒައާމަތުގައި ދެވަނަ ހެލްކޮޕްޓަރެއް ގެނެސްފައިވޭ
އުތުރު ތިލަފަޅުގެ ޕްރޮޖެކްޓަކީ 100 އިންސައްތަ ދިވެހި ދައުލަތުގެ މިލްކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްކަޕްޓަރު އަނބުރާ ގެންދިއުމަށް އެދިފައިވާއިރު، ޑޯނިއާއެއް ގެނައުމަށް ރިކުއެސްޓް ކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ 241 ކޮމެޓީގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މިހާރު ފެންނަމުންދަނީ ޤައުމުގެ ރައީސްކަން ކުރެއްވި ބޭފުޅަކު ތައައްސުބުގެ ތެރެއިން އަވައްޓެރި ސަރަހައްދުގެ އެންމެ ބޮޑު ޤައުމުކަމަށްވާ އިންޑިއާ އާއި ދެކޮޅަށް ޖިހާދު ކުރެއްވުމަށް ގޮވާލާ ޓެރަރިޒަމްއަށް ހިތްވަރު ދެއްވާތަން ކަމުގައެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި 2016 ވަނަ އަހަރު އިންޑިއާއަށް ވަޑައިގެން ޑިފެންސް އެކްޝަން ޕްލޭންގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މި އެކްޝަން ޕްލޭންއަކީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތައް ނުހަނު މުހިންމު އެކްޝަން ޕްލޭނެއް ކަމަށް ވިދާޅުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ 2016ގެ ކުރިން މިޤައުމުގައި އޮތީ އެންމެ ހެލްކަޕްޓަރެއް ކަމަށާއި، ރައީސް ޔާމީންގެ ޒައާމަތުގައި ދެވަނަ ހެލްކޮޕްޓަރެއް ގެނެސްފައިވާ ކަމަށެވެ. އަދި މީގެއިތުރުން ޑޯނިއާ އެއަރކްރާފްޓެއް ގެނެސްދިނުމަށްވެސް އެދިވަޑައިގެންނެވިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައީސް ޔާމިން ސަރުކާރުގެ ލިޔުންތަކެއް ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމަށްވާނަމަ މީގެ ތެރެއިން 18 އޭޕްރީލް 2018 ގައި ތާރީހު ޖަހާފައިވާ ލިޔުމުގައި ހެލްކަޕްޓަރު ގެންދަން ބުނާއިރު، އެ ހެލިކަޕްޓަރުން ދީފައިވަނީ އަގުނުކުރެވޭ ފަދަ އަގުހުރި ޚިދުމަތެއް ކަމަށާއި، އެކަމަށްޓަކައި ދިވެހި ރައްޔިތުނާއި ދިވެހި ސަރުކާރުން އަގުވަޒަންކޮށް އިންޑިއާ ސަރުކާރަށް އިންތިހާއަށް ޝުކުރުވެރިވާ ކަަމަށް ލިޔެފައިވާ ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ހެލްކަޕްޓަރު ގެންދަން ބުނެފައިވަނީ މިނިވަންކަމަށް ބުރޫ އަރާތީ ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހެލްކަޕްޓަރު އަނބުރާ ގެންދިއުމަށް އެދިފައިވާކަމަށް ބުނެ ދައުރުކުރަމުންދާ ލިޔުމުގައި ހެލްކަޕްޓަރުގެ ބަދަލުގައި ޑޯނިއާއެއް ދިނުމަށް ރިކުއެސްޓް ކޮށްފައިވާ ކަމަށެވެ.

2016 ގައި ރައީސް ޔާމީން އިންޑިއާއަށް ވަޑައިގެން ޑިފެންސް އެކްޝަން ޕްލޭންގައި ސޮއިކުރައްވާފައިވޭ. އަދި އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިކެންޝަން ޕްލޭންއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަލާމަތާއި ނުހަނު މުހިންމު އެކްޝަން ޕްލޭނެއް ކަމަށް ވިދާޅުވެފައިވޭ. އެހެންކަމުން އެ އެކްޝަން ޕްލޭންގައި ހުރި ކަންކަމީ ދިވެހިރާއްޖޭގެ ދިފާއުއަށް މުހިންމު ކަންކަން ކަމަށް ރައީސް ޔާމީން ވެސް ގަބޫލުފުޅު ކުރައްވާ. 2016ގެ ކުރިން މިގައުމުގައި އޮތީ އެންމެ ހެލްކަޕްޓަރެއް، އެމަނުކުފާނުގެ ޒައާމަތުގައި ދެވަނަ ހެލްކޮޕްޓަރެއް ގެނައި. ޑޯނިއާ އެއަރކްރާފްޓެއް ގެނެސްދިނުމަށް އެދިވަޑައިގެންނެވި. ރައީސް ޔާމިން ސަރުކާރުގެ ލިޔުންތަކެއް ކަމަށް ބުނެ މީޑިއާތަކުގައި ދައުވާ ލިޔުންތަކުގައި މެދު. މިލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމަށްވާނަމަ މީގެ ތެރެއިން 18 އޭޕްރީލް 2018 ގައި ތާރީހު ޖަހާފައިވާ ލިޔުމުގައި ހެލްކަޕްޓަރު ގެންދަން ބުނާއިރު، އެ ހެލިކަޕްޓަރުން ދީފައިވަނީ އަގުނުކުރެވޭ ފަދަ އަގުހުރި ޚިދުމަތެއް ކަމަށާއި، އެކަމަށްޓަކައި ދިވެހި ރައްޔިތުނާއި ދިވެހި ސަރުކާރުން އަގުވަޒަންކޮށް އިންޑިއާ ސަރުކާރަށް އިންތިހާއަށް ޝުކުރުވެރިވާ ކަަމަށް ލިޔެފައިވޭ. މިކަމުން ދޭހަވަނީ ހެލްކަޕްޓަރު ގެންދަން ބުނެފައިވަނީ މިނިވަންކަމަށް ބުރޫ އަރާތީ ނޫން ކަމަށް.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އުތުރު ތިލަފަޅާއި ގުޅޭގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ ދިވެހި ދައުލަތުން ސޮއިކޮށްފައިވާ އެއްވެސް ލިޔުމެއްގައި އެސަރަހައްދަކީ އިންޑިއާއަށް ޚާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި އުތުރުތިލަފަޅުގެ ޕްރޮޖެކްޓަކީ 100 އިންސައްތަ ދިވެހި ދައުލަތުގެ މިލްކެއް ކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުކުރާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމަށްވާނަމަ އެއީކަންބޮޑުވާން ޖެހޭ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަމަކީ އެހެން ޤައުމުތަކުން ދިވެހި ދައުލަތާއި މެދު އޮންނަ އިތުބާރު ގެއްލިގެންދާނެ ކަންތައްތައް ކަމަށާއި، ދިވެހި ދައުލަތާއި މުއާމަލާތް ކުރުމުގައި ބައިނަލްއަގުވާމީ ޤައުމުތަކުން ފަހަތު ފަޔަށް ބުރާވާނެ ކަމަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ ކަންކަމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ހިމެނިފައިވާއިރު، ރައްޔިތުންގެ މަޖިލީހުން އިތުރަށް ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

- ކޮމެންޓް