ކ. މާލެ
|
18 ފެބްރުއަރީ 2022 | ހުކުރު 03:04
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިންގެ ހާލަތު
އިތުރު 1488 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި
ރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،026ށް އަރާފައި
ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،639ށް އަރާފައި

ރާއްޖޭގައި އިތުރު 1488 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބުދަ ދުވަހު މާލެ ސަރަހައްދުން 356 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު އަތޮޅުތަކުން ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 1132 މީހުންނެވެ. މިއާއެކު ރާއްޖެއިން ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 114،039ށް އަރާފައެވެ.

ބުދަ ދުވަހު ދެވަނަ ޑޯޒް 45 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 30 މީހުންނާއި އަތޮޅުތަކުން 15 މީހުންނެވެ. މިއާއެކު ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،639ށް އަރާފައެވެ.

ފުރަތަމަ ޑޯޒް 16 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 6 މީހުންނާއި އަތޮޅުތަކުން 10 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،026ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަމުންދާއިރު, އެޗްޕީއޭއިން މިހާރު ބުނެފައިވަނީ އެޕޮއިންޓްމެންޓް ނުހައްދާވެސް ބޫސްޓަރ ޑޯޒް ޖެހޭނެކަމަށެވެ.

- ކޮމެންޓް