ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 23:19
ފެލިވަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން
ފެލިވަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ފެލިވަރުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު
ފެލިވަރުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މިއަންނަ ނޮވެންބަރު މަހުގެ ކުރިން ނިންމާނެ: އެމްޓީސީސީ
ބިން ހިއްކުމުގެ 99 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
މި ބަނދަރާއެކު މަސްވެރިންނަށް އަވަސް ޚިދުމަތްތަކެއް ލިބޭނެ
މި މަޝްރޫއަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެއް

ޅ. ފެލިވަރުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް މިއަންނަ ނޮވެންބަރު މަހުގެ ކުރިން ނިންމާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

ފެލިވަރުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ, ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވައި އާޒިމް ވިދާޅުވީ, އެއީ 6 ހެކްޓަރުގެ ބިމެއް ކަމަށާއި، 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ބިމުގައި އެކިއެކި އިމާރާތްތައް އަޅާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މަސްވެރިންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މިސަރުކާރުން އަބަދުވެސް މަސައްކަތްކުރާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ފެލިވަރުގައިވެސް މަސްވެރިންނަށް ޚާއްސަ ބަނދަރެއް ތަރައްގީ ކުރަމުންދާ ކަމަށާއި، އެބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ މެޓީރިއަލް ގެނައުމަށް އޯޑަރުކުރަމުން ދާކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މެޓީރިއަލް ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުން ގެންނަ މުދާތައް ގެނައުމަށް ލަސްތަކެއް ކުރިމަތިވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެންބަރުގެ ކުރިން ފެލިވަރުގެ ބަނދަރުގެ މަސައްކަތް ނިންމާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިބަނދަރާއެކު މަސްވެރިންނަށް އަވަސް ޚިދުމަތްތަކެއް ލިބޭނެ ކަމަށާއި، ވަރަށް ބޮޑު ލުއިކަމެއް ލިބޭނެކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެއެވެ. އަދި 220 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

- ކޮމެންޓް