ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 22:34
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 112،551ށް
ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 370،594ށް އަރާފައި
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،010ށް އަރާފައި

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 112،551ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު 2066 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 437 މީހުންނާއި އަތޮޅުތަކުން 1629 މީހުންނެވެ.

އަންގާރަ ދުވަހު 34 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 24 މީހުންނާއި އަތޮޅުތަކުން 10 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 370،594ށް އަރާފައެވެ.

އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 20 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 12 މީހުންނާއި އަތޮޅުތަކުން 8 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 398،010ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަމުންދާއިރު, އެޗްޕީއޭއިން މިހާރު ބުނެފައިވަނީ އެޕޮއިންޓްމެންޓް ނުހައްދާވެސް ބޫސްޓަރ ޑޯޒް ޖެހޭނެކަމަށެވެ.

- ކޮމެންޓް