ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 20:30
ޅ. ހިންނަވަރު
ޅ. ހިންނަވަރު
އެމްޓީސީސީ
ރަށްރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް
މަނަދޫގައި 40 ހައުސިންގ ޔުނިޓް، ހިންނަވަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް އިއުލާންކޮށްފި
 
ނިމުނު ހަފުތާގައި ވަނީ 5 ރަށެއްގައި ހައުސިންގ މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް އިއުލާންކޮށްފައި
 
ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން

ޅ. ހިންނަވަރާއި ނ. މަނަދޫގައި ހައުސިން މަޝްރޫއު ކުރިއަށްގެންދިއުމަށް އެކަމުގެ އަމަލީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ, މި މަޝްރޫގައި ހިމެނެނީ ޅ. ހިންނަވަރުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓާއި، މަނަދުއަށް 40 ހައުސިން ޔުނިޓްކަމަށެވެ. ޅ. ހިންނަވަރުގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށައަޅަން ޖެހޭނެއެވެ. އަދި ނ. މަނަދޫގެ 40 ހައުސިންގ ޔުނިޓްގެ ބިޑް ސެކިއުރިޓީއަކީ 204،000 ރުފިޔާއެވެ. ބީލަން ހުޅުވުން އޮންނާނީ 13 މާރިޗު ވާ އާދިއްތަ ދުވަހުގެ 13:00ގައެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންކަމަށެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ރަށްތަކާއި، އަދި ބިމުގެ ޖާގަ ދަތިވެ ގެވަޅު ދިނުމަށް ދަތިވެފައިވާ ރަށްރަށުގައި ސަރުކާރުގެ އެހީގައި ހައުސިންގ މަޝްރޫއުތައް އަންނަނީ ކުރިއަށްގެންދަމުންނެވެ. މިވަގުތުވެސް އަތޮޅުތަކުގެ 6 ރަށެއްގައި ފްލެޓާއި ރޯހައުސް ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށްގެންދެއެވެ. އެގޮތުން 2000ށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި އަތޮޅުތަކުގައި ކުރިއަށްގެންދެއެވެ.

މީގެއިތުރުން ނިމުނު ހަފުތާގައިވަނީ ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް، ލ. ގަމުގައި 100 ރޯހައުސް، ށ. މިލަންދޫގައި 50 ހައުސިންގ ޔުނިޓް، ގއ. ވިލިނގިލީގައި 50 ހައުސިންގ ޔުނިޓް އަދި ނ. ހޮޅުދޫގައި 30 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އިއުލާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
0%
50%
0%
ކޮމެންޓް
ގުޅުންހުރި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި
ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ އިތުރު ފުރުސަތަކަށް އަނެއްކާވެސް ހުޅުވާލަނީ
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
ބިންތައް ބަދަލުނުކުރައްވާނެކަމަށް ވައުދުވެވަޑައިގެންނެވުމަށްފަހު 1347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމަވައިފި
ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"
ރައީސްގެ ލަފާފުޅުގެ މަތިން ހައުސިންގ ކޮމިޓީގެ އަދަދު 7ށް، ޗެއަރއަކަށް އެޗްއާރްސީއެމްގެ ކުރީގެ ރައީސް އީނާސް
ހައުސިންގ ކޮމިޓީއަށް ލަފާދޭން ނެގި ކޮމިޓީ: ކައުންސިލް މިނިސްޓްރީން ކައުންސިލުތަކުގެ ބާރު ކަނޑުވާލުމުގެ އިތުރު ބޮޅެއް
ފްލެޓް ލިސްޓް ބަލާ ހައުސިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި