Advertisement
ހ.އ ދިއްދޫ
|
16 ފެބްރުއަރީ 2022 | ބުދަ 17:13
ފަރެސްމާތޮޑާގެ އެއާރޕޯރޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ފަރެސްމާތޮޑާގެ އެއާރޕޯރޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ފަރެސްމާތޮޑާ އެއާރޕޯރޓް ތަރައްގީކުރުމުގެ މަޝްރޫއު
ފަރެސްމާތޮޑާ އެއަރޕޯޓް ރަންވޭގެ ސަބްގްރޭޑް އަދި އޭބީސީ މަސައްކަތްތައް ނިމިއްޖެ
މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް
ޓަރމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗަރ އެސެމްބްލީ މަސައްކަތްތަކުގެ 81 އިންސައްތަ ވަނީ ނިމިފައި

ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން, ރަންވޭގެ ސަބްގްރޭޑް އަދި އޭބީސީ މަސައްކަތްތައް ނިމި، ރަންވޭގައި ތާރު އެޅުމަށް ތައްޔާރުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާ ހަވާލުވެފައިވާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)ން މައުލޫމާތުދިންގޮތުގައި, ޓަރމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗަރ އެސެމްބްލީ މަސައްކަތްތަކުގެ 81 އިންސައްތަ ވަނީ ނިމިފައިއެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމުކުރުމާއި، ފަޔަރ ބިލްޑިންގެއް އިމާރާތްކުރުމުގެ އިތުުރުން ޓާރމިނަލް ބިލްޑިންގެއް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

Advertisement

ފަރެސްމާތޮޑާ އެއަރޕޯރޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 10 ނޮވެމްބަރ 2020ގައެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް