ކ. މާލެ
|
16 ފެބްރުއަރީ 2022 | ބުދަ 16:10
އެމްބީއޭއާ ދިރާގާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އެމްބީއޭއާ ދިރާގާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ދިރާގު
އެމްބީއޭގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރ ދިރާގު
ބާސްކެޓްބޯލް އެސޯސިއޭޝަންގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި
މި އެއްބަސްވުމުގެ ދަށުން ބާސްކެޓްބޯޅަ އިތުރަށް ކުރިއެރުވުމަށް ވަނީ ހަމަޖެހިފައި

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގާ އެމްބީއޭއާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބާސްކެޓްބޯޅަ ކުރިއަރުވަން ދިރާގުން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މިކަމުން ކުރިއަށްދިއުމަށް ހިތްވަރު ދިނުން ފަދަ ކަންކަން ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ދިރާގާ އެމްބީއޭއާއެކު ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ދިރާގުގެ ބްރޭންޑް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ސީނިއަރ މެނޭޖަރ މުހައްމަދު މިރުޝާން ވިދާޅުވީ, ބާސްކެޓްބޯޅައަކީ ޒުވާނުންގެ މެދުގައި މަޝްހޫރުވަމުން އަންނަ ކުޅިވަރަކަށް ވާއިރު، އެމްބީއޭއާ ގުޅިގެން މި ކުޅިވަރު އިތުރަށް ކުރިއެރުވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި ޒުވާނުން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަކީ ދިރާގުގެ ސީއެސްއާރުގެ ދަށުން ޚާއްސަ އިސްކަމެއް ދޭ ކަންކަން ކަމަށާއި، ދިރާގުން މިފަދަ އެތައް ކަމެއް މިހާރުވެސް ކުރިއަރުވަމުންދާކަމަށް މިރުޝާން ވިދާޅުވިއެވެ.

- ކޮމެންޓް