ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 19:27
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް
އަތޫފް އާތިފް
ގައުމީ ވޮލީބޯލް ޓީމް
ގައުމީ ވޮލީ ޓީމުން ދަނީ ބޭނުންވާ މިސްރާބަށް: ރަނޭ
ރާއްޖޭގެ ގައުމީ ޓީމުން ގިނަ މެޗުތަކެއް މިއަހަރު ކުޅޭނެ
އަތޮޅު މުބާރާތުގައި ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެއްޖެ ނަމަ 2646 ކުދިން ވޮލީ ކުޅޭނެ

ގައުމީ ވޮލީބޯޅަ ޓީމުގެ ވިސްނުން ބަދަލުވަމުން އަންނަ ކަމަށާއި، ޓީމު ކުރިއެރުވުމުގެ ކަންކަން ހުރީ ރަނގަޅު ދިމާލަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ "އަދަދު" އިން ގެނަސްދޭ "ފޯރި" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރަނޭ ވިދާޅުވީ މިދިޔަ އަހަރު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވިސްނުމަކަށްވީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުތައް ވަރުގަދަ ކުރުމަށް ކަމަށެވެ. އެގޮތުން ވީއޭއެމްގެ ޓެކްނިކަލް ޓީމެއް އެކުލަވާލުމަށްފަހު ކުރެވުނު މަސައްކަތުން ފެނިގެންދިޔައީ ގައުމީ ޓީމުތައް ވަރުގަދަ ކުރުމަށް ކަންތައްތަކެއް ބަދަލުކުރަން ޖެހިފައިވާތަން ކަމަށް ރަނޭ ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގައި ޓްރެއިނިންގ ކޭމްޕްތައް ޖެހުމަށްވުރެ އަމިއްލަ ގައުމުގައި ސަޕޯޓަރުން ކުރިމަތީގައި މެޗުތައް ކުޅުމުން އޭގެ ފައިދާ ޓީމަށް މާ ރަނގަޅު ކަމަށް ރަނޭ ވިދާޅުވިއެވެ.

ރަނޭގެ ލީޑަރޝިޕްގެ ދަށުގައި ގައުމީ ޓީމުން އެކުވެރިކަމުގެ ގިނަ މެޗުތަކެއް ރާއްޖޭގައި ވަނީ ކުޅެފައެވެ. އެގޮތުން ޑިސެމްބަރު މަހު ސްރީލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ތިން މެޗެއް ކުޅުނުއިރު، އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށްވެސް ޑިސެމްބަރު މަހު ވަނީ ތިން މެޗެއް ކުޅެފައެވެ. އަދި މި މަހު ބަންގްލަދޭޝް އާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗު ރާއްޖެއިން ވަނީ ކުޅެފައެވެ.

ރަނޭ ވިދާޅުވީ، ވީއޭއެމުން ބާއްވަން ތައްޔާރުވެފައިވާ އަތޮޅު މުބާރާތުގައި ކޮންމެ ރަށަކުން ޓީމެއް ބައިވެރިވެއްޖެ ނަމަ 2646 ކުދިން ވޮލީ ކުޅޭނެކަމަށެވެ. އަދި މި މުބާރާތުގެ ގަވާއިދު ބުނާ ގޮތުންނަމަ، އަތޮޅުތެރޭގެ ކުޅުންތެރިންނަށް އެ އަތޮޅަށް ނިސްބަތްވާ ކޮންމެ ރަށަކަށްވެސް ކުޅެވޭނެ ކަމަށެވެ.

ރަނޭ ވިދާޅުވީ އަތޮޅު މުބާރާތުން ފާހަގަވާ ކުޅުންތެރިން ވޮލީ އެކްސެލެންސް ޕްރޮގްރާމާ ގުޅޭނެ ކަމަށެވެ.

ރަނޭ ވިދާޅުވީ ވޮލީބޯޅައިގެ ކަންކަން މަޑުމަޑުން ހައްލުކުރުމަށް ކުރާ މަސައްކަތުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރުމުގެ ވިސްނުން އިސްކުރާ ކަމަށާއި، ވޮލީބޯޅަ މުބާރާތުގެ ފޯމެޓް ބަދަލުވެގެން ދާނީވެސް ކުޅުންތެރިންނަށް ފުރުސަތުތައް ފަހިވާ ގޮތަށް ކަމަށެވެ.

- ކޮމެންޓް