ކ. މާލެ
|
15 ފެބްރުއަރީ 2022 | އަންގާރަ 02:14
ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނޭ
ޔޫކްރެއިންގައި ތިބި ދިވެހިންގެ ހާލަތު މިދަނީ ވަރަށް ގާތުން ބަލަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނޭ
ޓްރެވަލް ޑެއިލީ ނިއުސް
ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން
އެންމެ ބޮޑު ކަންބޮޑުވުމަކީ މަޝްރަހު ހޫނުވެފައިވާއިރު ޔޫކުރެއިން އިން އަދި ނިކުމެވޭނެ ގޮތެއް ނެތުން: ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން
 
ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ ޔޫކްރެއިންގައި ތިބި 50ށް ވުރެ ގިނަ ދިވެހިންގެ ހާލަތު ބަލަމުންދާކަމަށް
 
އެމްބަސީން ދޭ ޖަވާބަކީ ހާލަތު ބަލަމުންދާ ކަަމަށާއި އަދި ސަރުކާރުން ވަކި ގޮތެއް ނުނިންމާކަމަށް
 
ޔޫކްރެއިންގެ ޚާރްކީވްގައި ދިވެހި 34 ކުދިން އެބަތިބި

އެންމެ ބޮޑު ކަންބޮޑުވުމަކީ ޔޫކްރެއިންގެ މަޝްރަހު ހޫނުވެގެންދާއިރު ޔޫކްރެއިން އިން ނިކުމެވޭނެ ގޮތެއް ނެތުންކަމަށް ޔޫކްރެއިންގައި ތިބި ދިވެހި ކިޔަވާކުދިން ބުނެފިއެވެ.

"ރާއްޖެއެމްވީ" އާ ވާހަކަދެއްކި ޔޫކުރެއިންގެ ޚާރްކީވްގައި ތިބި ކުދިން ބުނީ ހުރިހާ ކަމެއްވެސް ދަނީ އާންމު ހާލަތުގައި ކަމަށެވެ. ނަމަވެސް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޯމަ ދުވަހު ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް މިމަހުގެ 16 ވަނަ ދުވަހު އަރާނެކަމަށް ވިދާޅުވެފައިކަމަށާއި އެހެންކަމުން ޔޫކްރެއިންގައި ތިބި ކުދިން ތިބީ އެކަމާއި ކަންބޮޑުވެފައި ކަމަށެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭނެކަމަށް އެމެރިކާއިން ބުނެފައިވާއިރު ޔޫކްރެއިންގެ ރައީސް ވަނީ ހޯމަ ދުވަހުގެ ރޭ އެއީ ޔޫކްރެއިންގެ އެއްބައިވަންތަކަމުގެ ދުވަސްކަމުގައި ކަނޑައަޅުއްވާފައެވެ.

ޔޫކްރެއިންގެ ޚާރްކީވްގައި ދިވެހި 34 ކުދިން އެބަތިއްބެވެ. އެކުދިން ބުނީ ހުރި ކަންބޮޑުވުންތައް ޖަރުމަނުގައި ހުންނަ ދިވެހި އެމްބަސީ އާ ހިއްސާކޮށްފައިވާކަމަށެވެ. އެމްބަސީން ދޭ ޖަވާބަކީ ހާލަތު ބަލަމުންދާ ކަަމަށާއި އަދި ސަރުކާރުން ވަކި ގޮތެއް ނުނިންމާކަމަށެވެ.

އެކުދިން ބުނީ ބައެއް ގައުމުތަކުގެ ކުދިންނަށް މިހާރު ޔޫކްރެއިން އިން ފޭބުމަށް އެ ގައުމުތަކުން އަންގާފައިވާކަމަށެވެ.

ދިވެހި ސަރުކާރުން އަދި ވަކި ގޮތެއް ނާންގާއިރު އެކުދިން ބުނީ މިވަގުތު ޔޫކްރެއިންގައި ފްލައިޓްތަކުގެ ޓިކެޓްތައްވެސް އަގުބޮޑުކަމަށެވެ. ޔޫކްރެއިން އިން ބޭރުވާން ބޭނުންނަމަ ޚާރްކީވްގައި ތިބި ކުދިން އެންމެ ފުރަތަމަ ދާންޖެހޭނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވްއަށެވެ. އެއަށްފަހު ޔޫކްރެއިން އިން ބޭރުވެވޭއިރު އެކުދިން ބުނީ އެންމެ އަވަހަށްވެސް ޚަރްކީވް އިން ފްލައިޓެއް ލިބެން އޮތީ ބުރާސްފަތި ދުވަހުގެ ފަހުންކަމަށެވެ. ޔޫކްރެއިންގެ ރައީސް ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭނެކަމަށް ވިދާޅުވަނީ ބުދަ ދުވަހުއެވެ. އެހެންކަމުން މިހާރުގެ ހާލަތު ބަލާއިރު ޔޫކްރެއިން އިން ނިކުންނަން ވަރަށް އުނދަގޫވާނެ ކަމަށާއި އެންމެ ބޮޑު ކަންބޮޑުވުމެއް ކުދިންގެވެސް އޮތީ އެކަމުގައި ކަމަށެވެ.

ޔޫކްރެއިންގެ މަސްރަހު ގޯސްވަމުންދާއިރު ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނީ ޔޫކްރެއިންގައި ތިބި 50ށް ވުރެ ގިނަ ދިވެހިންގެ ހާލަތު ބަލަމުންދާކަމަށެވެ. ދިވެހިން ދިރިއުޅެނީ މައިގަނޑު ދެ ސަރަަހައްދެއްގައި ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ފޮރިން މިނިސްޓްރީން އަންނަނީ ޔޫކްރެއިންގެ ބަދަލުވަމުން އަންނަ މަސްރަހު ގާތުން ބަލަމުންކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިހެން ބުނެފައިވާއިރު އެމެރިކާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ވީއެންމެ އަވަހަށް ޔޫކްރެއިން ފޭބުމަށް އަންގާފައެވެ. އަދި ބައެއް ގައުމުތަކުން ވަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ބާލުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
33%
0%
33%
33%
ކޮމެންޓް