ކ. މާލެ
|
14 ފެބްރުއަރީ 2022 | ހޯމަ 19:50
ހުޅުމާލޭގައި ހުޅުވި މެރީ ބުރައުން
ހުޅުމާލޭގައި ހުޅުވި މެރީ ބުރައުން
ރާއްޖެއެމްވީ
ހުޅުމާލޭގައި މެރީބުރަން ހުޅުވުން
ހުޅުމާލޭގައި މެރީ ބުރައުންގެ އައުޓްލެޓެއް ހުޅުވައިފި
އަންނަ މަހު ކޮފީ ރިޕަބްލިކް ހުޅުވިގެންދާނެ
މިއީ މާލެ ސަރަހައްދުގައި ހުޅުވި މެރީ ބުރައުންގެ ދެވަނަ އައުޓްލެޓް
މެރީ ބްރައުން ހުލުވި އިމާރާތުގައި އަންނަ މަހު ޕިއްޒާ މިއާ އަދި އޭގެ ފަހުން ކޮފީ ރިޕަބްލިކް ހުޅުވިގެންދާނެ

ހުޅުމާލޭގައި މެރީ ބުރައުންގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

މިއީ މާލެ ސަރަހައްދުގައި ހުޅުވި މެރީ ބުރައުންގެ ދެވަނަ އައުޓްލެޓެވެ. މީގެ ކުރިން މެރީ ބުރައުންގެ އައުޓްލެޓެއް ހުޅުވާފައިވަނީ މާލޭގައެވެ. އެތަން ހުޅުވާފައިވަނީ މާފަންނު ސްޓޭޑިއަމް ހިމެނޭ ބިމުގައި ބޮޑުތަކުރުފާނު މަގާ ދިމާލަށެވެ.

ހުޅުމާލޭގައި ހޯމަ ދުވަހު ހުޅުވާފައިވާ އައުޓްލެޓް ހުޅުވާފައިވަނީ ހުޅުމާލޭ ފަޅުގައި ޔޮޓްތައް އަޅާފައި އޮންނަ ދިމާލުގައެވެ. މިތަނުން މާލޭގެ އައުޓްލެޓާ އެއްގޮތަށް ހުރިހާ ހިދުމަތެއް ލިބެމުންދާނެ ކަމަށް މެރީ ބުރަންގެ ރާއްޖޭގެ ޕާޓުނަރު ލިލީ އިންޓަރނޭޝަނަލްގެ މެނޭޖިންގެ ޑިރެކްޓަރ އާމިރު މަންސޫރު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މެރީ ބުރައުން ހުޅުވިތަނަކީ 4 އަހަރުގެ މުއްދަތަކަށް ނަގާފައިވާ ތަނެއް ކަމަށާއި، އެތަނުގައި އެންމެ ފުރަތަމަ ހުޅުވީ މެރީ ބުރައުން ނަމަވެސް އަންނަ މަހުގައި ޕިއްޒާ މިއާ އަދި އޭގެ ފަހުން ކޮފީ ރިޕަބްލިކް ހުޅުވިގެންދާނެ ކަމަށެވެ.

މެރީ ބުރައުން ހުންނަ އިމާރާތުގައި މިވަގުތު ހުޅުވަނީ އެއް ވިންގު ކަމަށާއި، އެ އިމާރާތުގައި ހިމެނޭ އަނެއް ވިންގު ހުޅުވިގެންދާއިރު ތަފާތު އައުޓްލެޓްތައް ފެނިގެންދާނެ ކަމަށެވެ.

އާމިރު ވިދާޅުވީ އެތަން ޕާޓީތަކަށާއި އެކި ހަފްލާތަކަށް ވެސް ދޫކުރާނެ ކަމަށާއި، އެތަނުގެ ޓެރަސްގައި އެކަނި ވެސް 600 އެއްހާ މީހުންގެ ޖާގަ ހުންނާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް