Advertisement
ކ. މާލެ
|
14 ފެބްރުއަރީ 2022 | ހޯމަ 16:47
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމެންޓް
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމެންޓް
އެމްޓީސީސީ
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުން
ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމެންޓް ގެންދެވިއްޖެ:އެމްޓީސީސީ
ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވަނީ 14 ފެބްރުއަރީ ގައި
ރަސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއުއެއް
މިމަޝްރޫ ގެ ދަށުން 8100 ކިއުބިކް މީޓަރުގެ ބަދަރު ފުންކުރުމާ 377 މީޓަރުގެ ބޭރު ތޮށިލުމާ ،600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާ ނެރުބައްތިއާ މަގުބައްތި ޖެހުން ހިމެނޭ

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް މޯލްޑީވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނިގޮތުގައި ބޮޑުހިލައިގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވަނީ 14 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެތެރޭގައި 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމެވެ. އަދި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަަސައްކަތެވެ

ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް