ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 21:34
މޯލްޑިވިއަން އެއަރލައިންގެ ބޯޓެއް
މޯލްޑިވިއަން އެއަރލައިންގެ ބޯޓެއް
މޯލްޑިވިއަން
މޯލްޑިވިއަންގެ ޓިކެޓެއް ގަނެގެން ހިލޭ 2 ޓިކެޓު
މޯލްޑިވިއަން އެޕުން ޓިކެޓެއް ގަނެގެން، އިތުރު 2 ޓިކެޓް ހޯދުމުގެ ފުރުސަތު
މޯލްޑިވިއަންގެ ދަތުރުތައް ބާއްވާ ތިން މަންޒިލްގެ ތެރެއިން ކޮންމެ މަންޒިލަކަށް ދިއުމުގެ ފުރުސަތު ލިބޭ
ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވަން ވަނީ ނިންމާފައި

ގައުމީ އެއަރލައިންގެ "މޯލްޑިވިއަންގެ އެޕް" މެދުވެރިކޮށް އޮންލައިންކޮށް ގަންނަ ޓިކެޓަކާއެކު އިތުރު 2 ޓިކެޓު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވިއަންއިން ބުނީ, މޯލްޑިވިއަންގެ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ގަތުމުން, ޑާކާ، ކޮޗިން, އަދި ޓްރިވެންޑްރަމްގެ ތެރެއިން ކޮންމެވެސް އެއް ގައުމަކަށް ދިއުމަށް ހިލޭ ދެކޮޅު ޓިކެޓު ލިބޭނެކަމަށެވެ. ރާއްޖޭގެ އެތެރޭގެ ދަތުރަކަށް ނަގާ ޓިކެޓަކުންވެސް ހިލޭ ދެ ޓިކެޓު ލިބުމުގެ ފުރުސަތު އޮންނާނެކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

މޯލްޑިވިއަންއިން ބުނީ ކޮންމެ ހަފްތާއަކުވެސް ހިލޭ ދެ ޓިކެޓު ލިބޭ ނަސީބުވެރިޔާ ހޮވޭނެކަމަށެވެ. އެއީ އެ ހަފުތާއެއްގައި އޮންލައިންކޮށް ޓިކެޓް ގަންނަ މީހުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ.

ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއިން ގެންދަނީ ރާއްޖޭގެ އެތެރޭގެ 16 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ތެރެއިން ބަންގްލަދޭޝް، އިންޑިއާ އަދި ތައިލޭންޑަށް މޯލްޑިވިއަންގެ ދަތުރުތައް ބާއްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް