ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 17:49
އާސެނަލްގެ ދެ ތަރިން ކަމަށްވާ އޮޒިލް އާއި ސަންޗޭޒް
އާސެނަލްގެ ދެ ތަރިން ކަމަށްވާ އޮޒިލް އާއި ސަންޗޭޒް
ގޫގުލް
ޓްރާންސްފާ ބާޒާރު
އޮޒިލް އާއި ސަންޗޭޒް ތިބޭނީ އާސެނަލްގައި: ވެންގާ
ސަންޗޭޒް ހޯދުމަށް މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކުން އަންނަނީ މަސައްކަތް ކުރަމުން
ޗެމްޕިއަންސް ލީގުން އާސެނަލްއަށް ޖާގަ ނުލިބުމުން އޮޒިލްވެސް ޓީމު ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްއަށް ބުނޭ

އޮޒިލް އާއި ސަނޗޭޒް ވިއްކާ ނުލާނެ ކަމަށާއި، އެ ދެ ކުޅުންތެރިންވެސް އާސެނަލްގައި މަޑު ކުރާނެ ކަމަށް އެޓީމުގެ ކޯޗް އާސެން ވެންގާ ބުނެފިއެވެ.

ސަންޗޭޒް ހޯދުމަށްޓަކައި މެންޗެސްޓާ ސިޓީ އާއި ބަޔާން މިއުނިކުން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓްތަށް ބުނާގޮތުން މި ދެ ކުލަބުން ވެސް އަންނަނީ ސަންޗޭސްއާ އެކު މަޝްވަރާކުރަމުންނެވެ. އަދި އާސެނަލްއަށް ކުރިއަށް އޮތް ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައި ނުވާތީ އޮޒިލްވެސް ކުލަބު ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ނަމަވެސް ދާދި ފަހުން ބޭރުގެ ކުޅިވަރު ޚަބަރު ފަތުރާ ވެބްސައިޓަކަށް ދިން އިންޓަވިއުއެއްގައި ވެންގާ ވަނީ އެ ދެ ކުޅުންތެރިން ވެސް ޓީމުން ދޫނުކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން ވެންގާ ބުނަފައި ވަނީ، އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ ޓީމު އިތުރަށް ވަރުދަގަ ކުރަން ކަމަށާއި، އެއްވެސް ހާލެއްގައި ޓީމު ބަލިކަށިވާނެ ފަދަ ފިޔަވަޅެއް ނުނަގާނެ ކަމަށެވެ.

ވެންގާ އިތުރަށް ބުނެފައި ވަނީ، ކޮންމެ ކުޅުންތެރިއަކު ވެސް އާ ކޮންޓްރެކްޓެއް ހެދުމާ އެކު މަސައްކަތް ކުރާނީ އެ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކުޅުން ދެއްކުމަށް ކަމަށާއި، އެހެންކަމުން އާސެންލްއިން ވެސް އެ ކުޅުންތެރިންގެ އެއްބަސްވުން އާކުރުމުން، އެ ކުޅުންތެރިން ވެސް ޓީމާ އެކު އަލުން އާ އަޒުމަކާ އެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިސީޒަނުގައި އާސެނަލްއަށް މާ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވުމާއި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން އާސެނަލް އަށް ޖާގައެއް ނުލިބުމުން، ކޯޗް ވެންގާގެ ކުރިމަގާ މެދު ގިނަ ފަރާތްތަކަކުން ދިޔައީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ލީގު ޗެމްޕިއަން ޗެލްސީ ބަލިކުރުމަށް ފަހު އާސެނަލްއިން އެފްއޭކަޕް އުފުލާލުމުން ވެންގާ ވެގެން ގޮސްފައިވަނީ މިހާތަނަށް އެއް ޓީމަކަށް އެންމެ ގިނަ ފަހަރު އެފްއޭކަޕް ކާމިޔާބުކޮށްދިން ކޯޗަށެވެ. އެއާއެކު އާސެނަލްއިން ވަނީ ވެންގާއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައެވެ.

އޮޒިލް އާއި ސަންޗޭޒްއަށް ގިނަ ކުލަބުތަކަކުން ފާރަލަމުން އަންނައިރު، މި ދެކުޅުންތެރިންވެސް އަދި ކުރިމަގާ މެދު ރަސްމީ ސްޓޭޓްމެންޓެއް ނެރެފައެއް ނުވެއެވެ.

- ކޮމެންޓް