ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 07:03
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ލައްކައަކުން މައްޗަށް
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،872ށް އަރާފައި
ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،359ށް އަރާފައި

ރާއްޖޭގައި ބޫސްޓަރ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 101،088ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ 9 ވީ ބުދަ ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 3074 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 601 މީހުންނާއި އަތޮޅުތަކުން 2473 މީހުންނެވެ.

ބުދަ ދުވަހު ފުރަތަމަ ޑޯޒް 21 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަހައްދުން 13 މީހުންނާއި އަތޮޅުތަކުން 8 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،872ށް އަރާފައެވެ.

އެދުވަހު ދެވަނަ ޑޯޒް 48 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 33 މީހުންނެވެ. އަދި އަތޮޅުތަކުން 15 މީހުންނެވެ. މިއާއެކު ރާއްޖޭގައި ދެ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 370،359ށް އަރާފައެވެ.

އާންމުންނަށް ހުޅުވާލައިގެން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޫސްޓަރ ޑޯޒް ދެމުންދާއިރު އެޗްޕީއޭއިން މިހާރު ވަނީ އެޕޮއިންޓްމަންޓާ ނުލާ ބޫސްޓަރ ޑޯޒް ޖަހައިދިނުމަށް ނިންމާފައެވެ.

- ކޮމެންޓް