ކ. މާލެ
|
8 ފެބްރުއަރީ 2022 | އަންގާރަ 22:13
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދަނީ
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދަނީ
ޓްރީ ޓޮޕް ހޮސްޕިޓަލް
ކޮވިޑް-19 ވެކްސިން
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 95،000ން މައްޗަށް
ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،826ށް އަރާފައި
ދެޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 370،258ށް އަރާފައި

ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 95،048ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު, ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު 3661 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 616 މީހުންނާއި އަތޮޅުތަކުން 3045 މީހުންނެވެ.

97 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 46 މީހުންނާއި އަތޮޅުތަކުން 51 މީހުންނެވެ. މިއާއެކު ދެޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު ވަނީ 370،258ށް އަރާފައެވެ.

ފުރަތަމަ ޑޯޒް 22 މީހުން ވަނީ ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 11 މީހުންނާއި އަތޮޅުތަކުން 11 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،826ށް އަރާފައެވެ.

ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލައިގެން އަންނަނީ ބޫސްޓަރ ޑޯޒް ޖަހަމުންނެވެ. ރާއްޖޭގައި ވެކްސިން ފުރިހަމަކުރިކަމަށް ބަލާނީ ބޫސްޓަރ ޑޯޒް ޖެހުމުންކަމަށް ކަނޑައަޅައި, އެޗްޕީއޭއިން ވަނީ އުސޫލަށް ބަދަލުގެނެސްފައެވެ.

- ކޮމެންޓް