ކ. މާލެ
|
7 ފެބްރުއަރީ 2022 | ހޯމަ 10:52
އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި
އޭނާ ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި
އެސްޓީއޯ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ކޮވިޑު ބަލީގައި 67 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ
ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 284ށް އަރާފައި
ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި އަންހެނެއް
އޭނާ ނިޔާވިއިރު ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުން

ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ 67 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އޭނާ ނިޔާވިއިރު ގެންދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުންނެވެ.

އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އޭނާ ނިޔާވެފައިވަނީ އާދިއްތަ ދުވަހުގެރޭ 08:50 ހާއިރުއެވެ.

މިމަރާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 284ށް އަރާފައެވެ.

އާދިއްތަ ދުވަހު ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ އިތުރު 2 މީހަކު ނިޔާވެފައިވެއެވެ. އެއީ އާދިއްތަ ދުވަހުގެ މެންދުރުފަހު 1:42 ހާއިރު ނިޔާވި އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކާއި، އާދިއްތަ ދުވަހުގެ ހަވީރު 3:40 ގައި ނިޔާވި 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

- ކޮމެންޓް