Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2022 | ހޮނިހިރު 20:45
ޮކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް ރާޝިދު
ޮކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީ ކެންޑިޑޭޓް ރާޝިދު
ރާއްޖެއެމްވީ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން
ހުރިހާ ވޯޓު ފޮއްޓެއް ގުނާ ނިމިއްޖެ، މިފަހަރުވެސް ކޮމަންޑޫ ގޮނޑި އެމްޑީޕީއަށް
އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 324 ވޯޓު
މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1160 ވޯޓު
މުހައްމަދު ރާޝިދަށް ލިބިވަޑައިގަތީ 1398 ވޯޓު

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ބެހެއްޓި 7 ފޮށީގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ވަނީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ. ރާޝިދާ އެންމެ ކައިރިން ވާދަކުރައްވަނީ ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާޝިދަށް ވަނީ 1398 ވޯޓު ލިބިވަޑައިގަންނަވާފައެވެ. މޫސާ ފަތުހީއަށް ލިބިވަޑައިގަތީ 1160 ވޯޓެވެ. ދެން މިއިންތިޚާބުގައި ވާދަކުރެއްވީ އެމްއެންޕީ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސެވެ. އަބްދުލްހަންނާނަށް ލިބިވަޑައިގަތީ 324 ވޯޓެވެ.

މިއިންތިޚާބުގައި ށ މަރޮށީގައި ބަހައްޓާފައިވާ ފޮށިން ރާޝިދަށް ލިބިވަޑައިގަތީ 161 ވޯޓެވެ. އެފޮށިން މޫސާ ފަތުހީއަށް 95 ވޯޓު ލިބިވަޑައިގެންނެވިއިރު އަބްދުލް ހަންނާނަށް ލިބިވަޑައިގަތީ 41 ވޯޓެވެ.

Advertisement

ށ ފޯކައިދޫގައި ބަހައްޓާފައިވާ 1 ނަންބަރު ވޯޓު ފޮށިން ރާޝިދަށް 225 ވޯޓު ލިބިވަޑައިގެންނެވިއިރު މޫސާ ފަތުހީއަށް 200 ވޯޓު އަދި އަބްދުލް ހަންނާނަށް 12 ވޯޓު ލިބިވަޑައިގެންނެވިއެވެ. ފޯކައިދޫގައި ބަހައްޓާފައިވާ 2 ނަންބަރު ވޯޓު ފޮށިން ރާޝިދަށް 195، މޫސާ ފަތުހީއަށް 201 ވޯޓު އަދި އަބްދުލްހަންނާނަށް 13 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ކޮމަންޑޫ ގައި ބަހައްޓާފައިވާ 1 ނަންބަރު ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު ރާޝިދަށް 144 ވޯޓު ލިބިވަޑައިގެންނެވިއިރު މޫސާ ފަތުހީ އަށް 152 ވޯޓު ލިބިވަޑައިގެންނެވިއެވެ. އަބްދުލްހަންނާނަށް އެފޮށިން ލިބިވަޑައިގަތީ 37 ވޯޓެވެ. ކޮމަންޑޫގައި ބަހައްޓާފައިވާ 2 ނަންބަރު ފޮށިން ރާޝިދަށް 159 ވޯޓު ލިބިވަޑައިގެންނެވިއިރު މޫސާ ފަތުހީއަށް 92 ވޯޓު އަދި އަބްދުލްހަންނާނަށް 64 ވޯޓު ލިބިވަޑައިގެންނެވިއެވެ.

މާލޭގައި ބަހައްޓާފައިވާ 1 ނަންބަރު ވޯޓު ފޮށިން މުހައްމަދު ރާޝިދަށް 280 ވޯޓު، މޫސާ ފަތުހީއަށް 242 ވޯޓު އަދި އަބްދުލް ހަންނާނަށް 88 ވޯޓު ލިބިވަޑައިގެންނެވިއެވެ. މާލޭގައި ބަހައްޓާފައިވާ 2 ނަންބަރު ވޯޓު ފޮށިން މުހައްމަދު ރާޝިދަށް 234 ވޯޓު ، މޫސާ ފަތުހީ އަށް 178 ވޯޓު އަދި އަބްދުލްހަންނާނަށް 69 ވޯޓު ލިބިވަޑައިގެންނެވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބާއްވާފައިމިވަނީ އެދާއިރާގެ މެމްބަަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ. މީގެ ކުރީގެ އިންތިހާބުތުގައި ވެސް ކޮމަންޑޫ ދާއިރާގެ ގޮނޑި ފުރުއްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ހުސައިން ވަހީދުގެ ކުރިން އެ ދާއިރާގެ މެމްބަރަކަށް ހުންނެވީ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް