ކ. މާލެ
|
4 ފެބްރުއަރީ 2022 | ހުކުރު 12:38
ރައީސް ސާލިޙު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް ސާލިޙު ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް
ފަންނާނުންނަށް ކުރިއެރުން ހޯދައިދިނުން
ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާއި ގާތަށްވެސް އެމީހުން ގެނެސްދެވިފާ ނުވާކަމީ ބޮޑު ހުސްކަމެއް: ރައީސް ސާލިޙު
ޤައުމެއްގެ ތަސްވީރަކީ އެޤައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް
މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު ހުނަރުވެރިންނަށް އައު ދޮރުތަކެއް މިއަހަރު ހުޅުވޭނެ
އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވޭނެ

ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާއި ގާތަށްވެސް އެމީހުން ގެނެސްދެވިފާ ނުވާކަމީ ބޮޑު ހުސްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ ޤައުމެއްގެ ތަސްވީރަކީ އެޤައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް ކަމަށާއި، ތާރީޚާއި ސަގާފަތާއި އާދަކާދަ އުވުނަ ނުދީ ކުލަ ގެނުވައިދެނީ އެމީހުންގެ ކުލަފިއްސާއި ރާގާއި ޅެން ބަހުރުވައިން ކަމަށެވެ. އަދި ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާއި ގާތަށް ވެސް އެމީހުން ގެނެސްދެވިފާ ނުވާކަމަށާއި، އެއީ ވަރަށް ބޮޑު ހުސްކަމެއްގެ ގޮތުގައި ރައީސް ސާލިޙު ސިފަކުރެއްވިއެވެ.

Advertisement

އެ ހުސްކަން ފުރާލުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ސާލިޙު ވިދާޅުވީ ގިނަ ޒަމާންތަކެއް ވެފައިވާ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީވެ މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު ހުނަރުވެރިންނަށް އައު ދޮރުތަކެއް މިއަހަރު ހުޅުވޭނެ ކަމަށެވެ. އަދި ސަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން ހއ، ތ، އަދި ނ އަތޮޅުގައި ސައިޓް މިއުޒިއަމްތަކުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާއި ގާތަށް ވެސް އެމީހުން ގެނެސްދެވިފާ ނުވާ ކަމީ އަޅުގަނޑުމެންގެ ފުށުގައި އޮތް ހުސްކަމެއް. އެހުސްކަން ފުރާލުމަށް ސަރުކާރުން މަސައްކަތް ފަށައިފިން
ރައީސް އިބްރާހިމް މުހައްމަދު ސާލިޙު

ފަންނާނުންނަށް ޚާއްސަ އިސްކަމެއް މިސަރުކާރުގައި ދޭއިރު، އޮލިމްޕަސް ފުރިހަމައަށް ތަރައްޤީކޮށް މިއަހަރުގެ މާޗުމަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ލަފާކޮށްފައިވެއެވެ.

އެގޮތުން އެންމެ ޒަމާނީ ފެންވަރަށް އޮލިމްޕަހުގެ ހޯލް އަޕްގްރޭޑް ކުރުމަށާއި ފިލްމްގެ ޕްރޮޖެކްޓްގެ ސްކްރީން ބަދަލުކުރުމަށް ހަމަޖެހިފައިވެއެވެ. ޑިޖިޓަލް ސްޓޭންޑް، ސައުންޑް އިންސްޓޯލް ކުރެވި، އިޝްތިހާރުތައް ދެއްކޭނެހެން ލެޑް ޕެނަލްއެއް ދޮރުމައްޗަށް ބަދަލުކުރުމަށާއި އަދި ފިލްމް ނަގާ ކޮލިޓީގައި ފިލްމް ދެއްކޭއިރު، އޮލިމްޕަހުން ޚިދުމަތް ލިބިގަންނަ މީހުންނަށް އެތަނަކީ ފުރިހަމަ ތަނަކަށް ވެގެންދާނެކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން އޮލިމްޕަސް ތަރައްޤީ ކުރެވިގެން ދިއުމާއެކު މިއުޒިކް އާޓިސްޓުންނަށް ވެސް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށާއި، މިއުޒިކްގެ ތަފާތު ޙަރަކާތްތައް ބޭއްވުމަށް ފުރިހަމަ ހޯލެއް ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ. އަދި ސައުންޑް ސެޓް ނުވެ އިތުރު ޚަރަދުތަކެއް އަމިއްލަ އަތުން ކުރަން ނުޖެހޭނެކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް