ކ. މާލެ
|
4 ފެބްރުއަރީ 2022 | ހުކުރު 02:50
މިއަހަރަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
މިއަހަރަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ބަޔާން 2022
ރައީސް ޞާލިހުގެ 4 ވަނަ ރިޔާސީ ބަޔާން - ފާހަގަކޮށްލެވޭ އުސްއަލިތައް
 
ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގައި މިއަހަރުގެ މެދުތެރޭގައި ތަހްޤީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް ހުށަހަޅާނެ
 
މާލޭގެ އެންމެ ބޭނުން ޖެހިފައިތިބި އާއިލާތަށް ގޯތި ދިނުމަށް ޖޫން މަހު ފަށާނަން
 
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑުކުރާނެ
 
މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ
 
ދީނީ ޢިލްމުވެރިންގެ އެހީގައި މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދެވޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާން މިވަނީ ބުރާސްފަތި ދުވަހު އިއްވަވާފައެވެ. 56 މިނެޓްގެ ރިޔާސީ ބަޔާނުގައި ސަރުކާރަށް މިހާތަނަށް ހާސިލުކުރެވުނު މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވާއިރު ސަރުކާރުން ވައުދުވެފައިވާ ރައްޔިތުންނާއި ގުޅުންހުރި މުހިންމު ކަންތައްތަކެއް ފުއްދަވައިދެއްވާނެ ތާރީޚުތައްވެސް ވަނީ ވިދާޅުވެފައެވެ. އޭގެކުރީ އަހަރުގެ ރިޔާސީ ބަޔާނުގައި މިދިޔަ އަހަރު ތެރޭގައި ކުރައްވާނެކަމަށް ވިދާޅުވި ކަންކަން މިހާރު ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ އުފެއްދުންތެރި އައު ޖީލެއް ބިނާކުރުންކަމަށެވެ. އަދި ޒަމާނާ ގުޅޭ ބަދަލުތައް ގެނައުމަށް ވީވައުދުގެ ފެށުމަކީ ލާމަރުކަޒީ ނިޒާމު ގެނައުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ހޯދުނު ކާމިޔާބީ އާއި މާދަމާ ހޯދަން އޮތް ކާމިޔާބީއެއްގެ ސިއްރަކަށް ވާނީ ހެޔޮވެރިކަންކަމަށެވެ. ރައީސް ވިދާޅުވީ ހެޔޮވެރިކަމަކީ، އެވެރިކަމުގެ ހިޔާވަހިކަން އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު، ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ.

ރިޔާސީ ބަޔާނުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތައް:

  1. އިސްލާމްދީނުގެ ޞައްހަ ޢަޤީދާ ހާމަކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ އެހީގާ މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދެވޭނެ
  2. ޙައްޖާ ޢުމްރާއާއި، ވަޤްފުގެ ކަންކަމާއި އަދި ޒަކާތާއި ބެހޭ ޤާނޫނުތައް އެކުލަވާލާ މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވާނެ
  3. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފަރުމާގެ އައު މިސްކިތްތަށް ބިނާ ކުރުން ހުއްޓުމެއްނެތި ކުރިއަށްދާނެ
  4. ސްޓޭޑެންޓް ލޯން ސްކީމުގެ އިތުރު 720 ފުރުސަތު މިއަހަރު ހުޅުވާލާނެ
  5. 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ އަދި އެކައުންޓިން ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް މިމަހުން ފެށިގެން ކުރިއަށް ދާނެ
  6. ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ
  7. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި ތުލުސްދޫގެ ޕޮލިޓެކްނިކް، ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިޢުލާންކުރެވިފައި
  8. މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ
  9. 4 ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ޚިދުމަތް ލިބެމުންދާއިރު ޑޮކްޓަރު އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެޚިދުމަތް މިކުއާޓަރގައި ފުރިހަމަވާނެ
  10. ކުޅުދުއްފުއްޓާއި، ލ. ގަމާ، ގދ. ތިނަދޫގާ 100 އެނދުގެ ހޮސްޕިޓާތަކުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ހިނގާނެ
  11. 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު، އަދި 12 ރަށެއްގައި 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެ
  12. ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިއަހަރު މަޖިލީހަށް ފޮނުވޭނެ
  13. އައި.ޖީ.އެމް. ހޮސްޕިޓަލްގައި ޤާއިމްކުރެވެމުންދާ ސެންޓަރ ފޯރ މެންޓަލް ހެލްތުން އިންޕޭޝަންޓް ކެއަރ ޔުނިޓް އަންނަ އޭޕްރިލް މަހު ނިންމާލެވޭނެ
  14. އަންނަ މާޗް ނިމޭ ހިސާބުގައި ބާކީހުރި ހުރިހާ އެމްބިއުލާންސްތައް ލިބި ފޯރުކޮށްދޭނެ
  15. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑުކުރާނެ
  16. ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް 3 މަރުކަޒެއް ޤާއިމުކުރާނެ
  17. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރަށު ކައުންސިލް އާއި ޞިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގައި ހުރެގެން ފަރުވާހޯދޭނެ ބަދަލެއް މިއަހަރު އެޕްރީލްގެ ކުރިން ފެށޭނެ
  18. ޖަލުގައި ބަންދު ކުރެވިފައިވާ ޤައިދީންނަށް އަމާޒުކުރެވޭ މުޅިން އައު ރީހެބިލިޓޭޝަން ޕްރޮގްރާމެއް ފެބްރުއަރީ މަހު ފެށޭނެ
  19. އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގާ ފެށޭނެ
  20. މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ޖޫންގައި ދޭން ފަށާނަން
  21. ގިރާވަރު ފަޅު ހިއްކާ އެބިމުން މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެ
  22. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ
  23. ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެފަތް ދިނުމަށްފަހު
  24. ބޭރު ފައިސާގެ ބާޒާރާއި ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ
  25. 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުހަލާގައި މިހާރު ސަރުކާރުން ދަނީ ހިންގަމުން
  26. 89 ރަށަކުން 25 މެގަވޮޓްގެ އަވި-ކަރަންޓް މިއަހަރު ތެރޭގައި އުފެއްދުމަށް ރޭވިފައިވޭ
  27. އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ
  28. އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި ބަދަލުވެގެންދާނެ
  29. 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރު ތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ
  30. ފަސޭހައިން ރާއްޖޭގާ އުފެއްދޭނެކަމުގެ ޔަޤީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ، ކުރިއަށް އޮތްތަނުގައި މަތިކުރެވޭނެ
  31. ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭގައި ހުރި ހުރަސްތައް ނައްތާލާނެ
  32. އައްޑޫގެ ތަރައްޤީގެ ޕްލޭން އާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ
  33. އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ
  34. ކުނި މެނޭޖްކުރުމުގެ އުޞޫލްތަކާއި ބެހޭ ބިލް މި މަޖިލީހަށް ހުށަހެޅޭނެ
  35. މާލޭގެ އިތުރުން 64 ރަށެއްގައި ކުނި މެނޭޖްކުރާނެ އެއްމެހައި ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ
  36. އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އެކުވެނިތައް ޤާއިމު ކުރުން މިއަހަރު ކުރިއަށް ދާނެ
  37. މިއަހަރު ގަލޮޅު ރަސްމީ ދަނޑު ތަރައްޤީ ކުރާނެ
  38. ޤައުމީ ޓޭބަލް ޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގައި ތަރައްޤީ ކުރެވޭނެ
  39. މިއަހަރު އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް އަދި ބޮޑީ ބޯޑިންގ ވޯލްޑް ޓުއަރ މުބާރަތެއް ރާއްޖޭގައި ބޭއްވޭނެ
  40. ޒަމާންވީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީވެ މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު ހުނަރުވެރިންނަށް އައު ދޮރުތަކެއް މިއަހަރު ހުޅުވޭނެ
  41. ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގައި މިއަހަރުގެ މެދުތެރޭގައި ތަހްޤީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް ހުށަހަޅާނެ
  42. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ވަނީ ފަށާފައި
  43. އެމްއެމްޕީއާރުސީގެ މައްސަލަ ދެން އަންނަ އޭސީސީ އަކުން ކުރިޔަށްގެންދާނެ
  44. މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޕްލޭން މިހާރު ދަނީ ތަންފީޒްކުރަމުން
  45. މިއަހަރުގެ ތެރޭގައި، ކ. އަތޮޅާ ތ. އަތޮޅުގައި ނެއިބަރހުޑް ޕޮލިސިންގ ރަސްމީކޮށް ފަށާނެ
  46. ބޮޑީ ކެމެރާ މިމަހުގެ ތެރޭގައި ފީލްޑްގައި މަސައްކަތްކުރާ ފުލުހުން ބޭނުންކުރަން ފަށާނެ

ދީނީ އެއްބައިވަންތަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް:

  1. މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ޞައްހަ މަޢުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު
  2. އިސްލާމްދީނުގެ ޞައްހަ ޢަޤީދާ ހާމަކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ އެހީގައި މިއަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕޭން" ކުރިއަށް ގެންދެވޭނެ
  3. ޙައްޖާ ޢުމްރާ އާއި ވަޤްފުގެ ކަންކަމާއި އަދި ޒަކާތާއި ބެހޭ ޤާނޫނުތައް އެކުލަވާލާ މިއަހަރުގެ ތެރޭގައި މަޖިލީހަށް ފޮނުވާނަން
  4. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފަރުމާގެ އައު މިސްކިތްތަށް ބިނާކުރުން ހުއްޓުމެއްނެތި ކުރިއަށް ދާނެ

ތައުލީމު:

  1. ކުރިއަށް އޮތް 2023 ގެ ނިޔަލަށް 5,000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން ޤައުމު ބިނާކުރުމަށް ނުކުންނާނެ
  2. ސްޓޭޑެންޓް ލޯން ސްކީމުގެ އިތުރު 720 ފުރުސަތު މިއަހަރު ހުޅުވާލާނެ
  3. 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ، އަދި އެކައުންޓިންގ ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް މިމަހުން ފެށިގެން ކުރިއަށް ދާނެ
  4. ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރ ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ
  5. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި ތުލުސްދޫގެ ޕޮލިޓެކްނިކް، ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިޢުލާންކުރެވިފައި
  6. 55 ސްކޫލެއްގައި 473 ކްލާސްރޫމާ 27 މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ދަނީ ހިނގަމުން
  7. މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ

ސިއްހީ ދާއިރާ:

  1. އުތުރާއި ދެކުނުގައި އެމް.އާރް.އައި. ޚިދުމަތާ ހިތުގެ ބަލިތަށް ދެނެގަނެ ފަރުވާދެވޭނެ ނިޒާމް ޤާއިމް ކުރެވިއްޖެ
  2. 4 ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ޚިދުމަތް ލިބެމުންދާއިރު ޑޮކްޓަރ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެޚިދުމަތް މިކުއާޓަރގައި ފުރިހަމަވާނެ
  3. ކުޅުދުއްފުއްޓާއި، ލ. ގަމާ، ގދ. ތިނަދޫގައި 100 އެނދުގެ މިދެންނެވި ހޮސްޕިޓާތަކުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް މިއަހަރު ހިނގާނެ
  4. 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު، އަދި 12 ރަށެއްގައި 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ފެށޭނެ
  5. ރާއްޖޭގާ ލާމަރުކަޒީ އުޞޫލުން ޕްރައިމަރީ ހެލްތް ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް ސަރުކާރުން ހިންގަމުން އެބަގެންދަން
  6. މީހުން ދިރިއުޅޭ 58 ރަށެއްގައި ޕަބްލިކް ހެލްތްކެއަރ ޕޯޓަލް މިހާރު ތަޢާރަފް ކުރެވިއްޖެ
  7. ޕްރައިމަރީ ހެލްތް ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިއަހަރު މަޖިލީހަށް ހުށަހަޅާނެ
  8. އަންނަ މާޗް ނިމޭ ހިސާބުގާ ބާކީހުރި ހުރިހާ އެމްބިއުލާންސްތައް ރަށްރަށަށް ފޯރުކޮށްދެވޭނެ
ރިޔާސީ ބަޔާން އިއްވާ ޖަލްސާ - ރައްޔިތުންގެ މަޖިލިސް

ނަފްސާނީ ދުޅަހެޔޮކަން:

  1. ރާއްޖޭގެ 5 އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ޚިދުމަތް ލިބޭނެ
  2. އައި.ޖީ.އެމް. ހޮސްޕިޓަލްގައި ޤާއިމްކުރެވެމުންދާ ސެންޓަރ ފޯރ މެންޓަލް ހެލްތުން އިންޕޭޝަންޓް ކެއަރ ޔުނިޓް އަންނަ އޭޕްރިލް މަހު ނިންމާލެވޭނެ

އިޖުތިމާއީ ރައްކާތެރިކަން:

  1. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ދަފްތަރު ނިންމާ މިއަހަރުގެ ފަހު ކުއާރޓާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑުކުރާނެ
  2. ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމިއޮންނާނެ
  3. ދައުލަތުގެ ބެލުމުގެ ދަށުގާ ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުން މިދަނީ މުރާޖާކޮށް ހަރުދަނާ ކުރަމުން
  4. ވިލިމާލެ ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖްތިމާޢީ ޢާއިލީ ވެއްޓެއް ހޯދާދިނުގެ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުން
  5. ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތަށް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް 3 މަރުކަޒެއް ރ. އުނގޫފާރާ، ހުޅުމާލެ އަދި ސ. ހިތަދޫގައި ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމާފައި

މަސްތުވާތަކެތީގެ މައްސަލަ:

  1. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ހުރިހާ ވަޞީލަތެއް ބޭނުން ކުރާނެ
  2. ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި، ކުރަން ޖެހޭކަންކަން ސަރުކާރުން މިދަނީ ކުރަމުން
  3. ހުޅުމާލޭ ހާފްވޭ ހައުސްގެ ޢުމްރާނީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ
  4. ޑްރަގާއި ގުޅުންހުރި ކުށްތަކާއި ފަރުވާ ބޭނުންވާ ފަރާތްތަށް ގިނަކަން ފާހަގަކުރެވޭ ސަރަޙައްދުތަކުގައި ފަރުވާގެ މަރުކަޒުތަށް ވަނީ އަލުން ފެށިފައި
  5. ރަށު ކައުންސިލް އާއި ޞިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގައި ހުރެގެން ފަރުވާހޯދޭނެ ބަދަލެއްވެސް މިއަހަރު އެޕްރީލްގެ ކުރިން ފެށޭނެ
  6. 60 މީހުންގެ ޖާގައިގެ ޑްރަގާއި ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫގައި ގާއިމުކުރެވި ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތަށް މިހާރު ދަނީ ހިނގަމުން
  7. ޖަލުގައި ބަންދު ކުރެވިފައިވާ ޤައިދީންނަށް އަމާޒުކުރެވޭ މުޅިން އައު ރީހެބިލިޓޭޝަން ޕްރޮގްރާމެއް މިފެބްރުވަރީ މަހު ފެށޭނެ
  8. ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 1.3 ޓަނަށްވުރެ ގިނަ ޑްރަގް ވަނީ އަތުލާ ގަނެފައި

ބޯހިޔާވަހިކަން:

  1. އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް އެބަދޭ
  2. ގެދޮރުވެރިޔާ ލޯންގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުން އެބަދޭ
  3. އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެ
  4. މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދިނުމުގެ މަޝްރޫޢު ޖޫން މަހު ފަށާނެ
  5. ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން
  6. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެ

އިގްތިޞާދީ ހާލަތު:

  1. އައި.އެމް.އެފް އިން ލަފާކުރާ ގޮތުގައި މިހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ
  2. ސަރުކާރުގެ އަންދާޒާ އަކީ، މިހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދުން
  3. 2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާރވް މެނޭޖްކުރުމަށް ރިޒާރވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ދައްކާ ނިމިފައި
  4. ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރޭން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކާނިންމާފައި
  5. ބޭރު ފައިސާގެ ބާޒާރާއި ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެ

ކަރަންޓުގެ ހާލަތު ރަނގަޅުކުރުމާއި އިޔާދަކުރަނިވި ހަކަތަ:

  1. 39 ރަށެއްގާއި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ބިނާކޮށްފި
  2. މިހާރު ހިނގަމުންދާ އިތުރު 31 އާއި އިންޖީނުގޭގެ މަސައްކަތް ދަނީ ބާރަށް ހިނގަމުން
  3. ފާއިތުވި 70 އަހަރުން ހޯދުނު އަތޮޅުތެރޭގެ ކަރަންޓްގެ ޖުމްލަ ކެޕޭސިޓީ ހިނގާދިޔަ 3 އަހަރުން ދެގުނަ ކުރެވިއްޖެ
  4. 63 ރަށެއްގައި ވޭތުވެ ދިޔަ އަހަރު އަވިން ކަރަންޓް އުފައްދާ ނިޒާމު ޤާއިމު ކުރެވުނު
  5. އިތުރު 89 ރަށަކުން 25 މެގަވޮޓްގެ އަވި-ކަރަންޓް މިއަހަރުތެރޭގާއި އުފެއްދުމަށް ރޭވިފައިވޭ
  6. އަމާޒަކީ ހޯމްސޯލާ ޕްރޮގްރާމްގެ ދަށުން މަދުވެގެން 1,000 ގޭބިސީގެ ފުރާޅު މިއަހަރު މިނިޒާމުގެ ތެރެއަށް ގެނައުން

މަސްވެރިކަން:

  1. ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރުވީ ނިމިދިޔަ އަހަރު
  2. އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ
  3. އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި މިފްކޯ ބަދަލުވެގެންދާނެ
  4. 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރު ތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރަން ފަށާނެ

ދަނޑުވެރިކަން:

  1. އެގްރޯނެޓްގެ ފަރާތުން ރާއްޖޭގެ 68 ރަށެއްގެ 704 ދަނޑުވެރިއަކާއެކު ސޮއިކުރެވިގެން ކޮންޓްރެކްޓް ފާމިންގެ މަސައްކަތްދަނީ ހިންގަމުން
  2. 163 ދަނޑުވެރިއެއްގެ އުފެއްދުންތައް ގަނެ މާރކެޓަށް ނެރެމުން އެބަދޭ
  3. އެސް.އެމް.އީ. ބޭންކް މެދުވެރިކޮށް ދަނޑުވެރިކަމަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯންވަނީ ދޫކުރެވިފަ
  4. ފަސޭހައިން ރާއްޖޭގާ އުފެއްދޭނެކަމުގެ ޔަޤީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ، ކުރިއަށް އޮތްތަނުގާ މަތިކުރެވޭނެ
ރިޔާސީ ބަޔާން އިއްވާ ޖަލްސާ - ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީގެ ތަރައްގީ:

  1. އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތަށް ހަދާ ފެންބޮޑުވުން ހައްލު ކުރުން ދަނީ ކުރިއަށް
  2. އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ
  3. އައްޑޫގެ ތަރައްޤީގެ ޕްލޭން އާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ
  4. އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ
  5. މި މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރެވޭނެ

ތިމާވެށި:

  1. ކުނި މެނޭޖްކުރުމުގެ އުޞޫލްތަކާއި ބެހޭ ބިލް މި މަޖިލީހަށް ހުށަހެޅޭނެ
  2. މާލޭގެ އިތުރުން 64 ރަށެއްގައި ކުނި މެނޭޖްކުރާނެ އެއްމެހާ ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ

ކުޅިވަރާއި މުނިފޫހިފިލުވުން:

  1. މިއަހަރުތެރޭ ގަލޮޅު ރަސްމީ ދަނޑު ތަރައްޤީ ކުރާނެ
  2. ޤައުމީ ޓޭބަލް ޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގައި ތަރައްޤީ ކުރެވޭނެ
  3. މިއަހަރު އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް އަދި ބޮޑީ ބޯޑިންގ ވޯލްޑް ޓުއަރ މުބާރަތެއް ރާއްޖޭގައި ބޭއްވޭނެ
  4. ސަރފިންގ އަދި ބޮޑީ ބޯޑީންގެ ނެޝަނަލް ޓީމްތައް މުޅިން އަލަށް އެކުލަވާލާ ޤަވާއިދުން މުސާރަ ދޭން ފެށިއްޖެ
  5. ޒަމާންވީ އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްޤީވެ މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު ހުނަރުވެރިންނަށް އައު ދޮރުތަކެއް މިއަހަރު ހުޅުވޭނެ
  6. ސަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން ހއ، ތ، އަދި ނ އަތޮޅުގައި ސައިޓް މިއުޒިއަމްތަކުގެ މަސައްކަތް ކުރެވެމުން އެބަދޭ

މަރުތަކަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް:

  1. ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގައި މިއަހަރުގެ މެދުތެރޭގައި ތަހްޤީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް ހުށަހަޅާނެ
  2. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ވަނީ ފަށާފައި
  3. ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން ރިޔާސީ ކޮމިޝަނުން ތަހްޤީގު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފައި
  4. އެމައްސަލައިގެ ތަހްޤީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް އެބަގެންދޭ
  5. އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް އަލަށް އެކުލަވާލެވޭ އޭސީސީގެ ދަށަށް ދާނެ

ފުލުހުންގެ ޚިދުމަތް:

  1. މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށްޓަކާއި ތައްޔާރުކުރެވިފައިވާ ޕްލޭން މިހާރު ދަނީ ތަންފީޒްކުރަމުން
  2. ފުލުހުންގެ ދައުރު އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ސިޓީ، އަދި ހުވަދުއަތޮޅާއި އަރިއަތޮޅުގައި މިހާރު ވަނީ ނެއިބަރހުޑް ޕޮލިސިންގ ރަސްމީކޮށް ފަށާފައި
  3. މިއަހަރުގެ ތެރޭގައި، ކ. އަތޮޅާއ ތ. އަތޮޅުގައި މި މޮޑެލް ރަސްމީކޮށް ފަށާނެ
  4. ބޮޑީ ކެމެރާ މިމަހުގެ ތެރޭގައި، ފީލްޑްގާ މަސައްކަތްކުރާ ފުލުހުން ބޭނުންކުރަން ފަށާނެ
  5. ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އިތުރު ފުލުހުންނާއި، ތަމްރީނާ އަދި ވަސީލަތް ސަރުކާރުން ފޯރުކޮށްދޭނަން
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މި ސަރުކާރު އިންތިޚާބުވީ ބުހުތާން ދޮގު ހަދައިގެން، ރިޔާސީ ބަޔާނަކީވެސް ބުހުތާން ދޮގު ހިމެނިގެންވާ ބަޔާނެއް: އެމްޑީޕީ
ރައީސްގެ ރިޔާސީ ބަޔާނުގައި އިޖްތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތަކަށް އެއްވެސް މިންވަރަކަށް އަލިއަޅުވާލާފައިނުވޭ: އެމްޑީޕީ
މިދިޔަ ސަރުކާރުން 1300 އަށްވުރެ ގިނަ މަޝްރޫއުތައް މުޅި ރާއްޖޭގައި ހިނގަމުންދިޔަ، މިސަރުކާރުން ވަނީ ގިނަ މަޝްރޫއުތައް ހުއްޓުވާފައި
ރިޔާސީ ބަޔާނުގައި ދަރަނީގެ ވާހަކަތައް ރައީސް ދެއްކެވީ ޒިންމާދާރުކަން ކުޑަގޮތެއްގައި ބައެއް ވާހަކަތައް އުނިކުރެއްވުމަށްފަހު
ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
ރިޔާސީ ބަޔާން ސިފަކުރެވެނީ ހުސް ބަޔާނެއްގެ ގޮތުގައި، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ރިއާޔަތްނުކުރައްވާ: ޝައުނާ
މާލީ އަނދަވަޅުން ކުލަބުތައް ސަލާމަތްކޮށް، ކުރިއަރާނެ ގޮތްތައް ފަހިކޮށްދޭނަން: ރައީސް
އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް