ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 19:13
އެމެރިކާއިން ސީރިއާގައި ކުރިއަށްގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަން
އެމެރިކާއިން ސީރިއާގައި ކުރިއަށްގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަން
އައިސިސްގެ ލީޑަރު މަރާލުން
އައިސިސްގެ ލީޑަރު އަލް ގުރައިޝީ މަރާލައިފި
މި އޮޕަރޭޝަންގައި 13 މީހަކު މަރުވެފައިވޭ
މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ސީރިއާއާ ތުރުކީ ގުޅޭ ބޯޑަރު ކައިރީގައި ހުރި ގެއަކަށް
އޭޏާ މަރާލާފައިވަނީ އެމެރިކާ ސިފައިން ކުރިއަށްގެންދިޔަ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއްގެ ތެރެއިން

އެމެރިކާއިން ސީރިއާގައި ކުރިއަށްގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް (އައިސިސް)ގެ ލީޑަރު އަލް ގުރައިޝީ މަރާލައިފިއެވެ.

މިކަމާގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވި ސްޓޭޓްމެންޓުގައި ވިދާޅުވީ, ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެގައުމުގެ މިލިޓަރީން ސީރިއާގެ އުތުރުހުޅަނގު ސަރަހައްދުގައި ކަމިޔާބުކަމާއެކު ކައުންޓަރޓެރަރިޒަމްގެ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. މި އޮޕަރޭޝަންގައި އައިއިސްގެ ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ މަރާލެވިފައިވާކަމަށް ބައިޑެން ވިދާޅުވިއެވެ.

މި އޮޕަރޭޝަންގައި އައިސިސްގެ ލީޑަރު ހިމެނޭހެން 13 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 4 އަންހެނުންނާއި 6 ކުޑަކުދިން ހިމެނޭކަމަށް މީޑިއާގައި ވަނީ ރިޕޯޓުކޮށްފައެވެ.

ބައިޑެންގެ ސްޓޭޓްމެންޓުގައި މިއީ ކޮން ތަނަކަށް ޓާގެޓުކޮށްގެން ދިން ހަމަލާއެއްކަން ސާފުކޮށްދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާގޮތުގައި, މި ހަމަލާއަކީ ސީރިއާއާ ތުރުކީ ގުޅޭ ބޯޑަރު ކައިރީގައި ހުރި ގެއަކަށް އަމާޒުކޮށް, ދީފައިވާ ހަމަލާއެކެވެ. މި ހަމަލާ ދިންތައް ދުށް މީހަކު ސީއެންއެންއަށް ކިޔައިދީފައިވާ, ގޮތުގައި ބަޑީގެ ހަމަލާތައް ފަށާފައިވަނީ އެ ސަރަހައްދުގެ މަތީގައި އޮތް ތިން ހެލިކޮޕްޓަރަކުންނެވެ. އަދި އޭގެ އިރުކޮޅެއްފަހުން ބޮމުގެ ހަމަލާ ދީފައިވާކަމަށް އެމީހާ ކިޔައިދީފައިވެއެވެ. އަދި މި ހަމަލާތައް ދީފައިވަނީ މެންދަމުން 3:20ހާއިރު ކަމަށްވެސް އޭނާ ކިޔައިދީފައިވެއެވެ.

އެމެރިކާއިން ވަނީ މީގެ ކުރިން އަލް ގައިދާއަށް އަމާޒުކޮށްވެސް އެތައް ފަހަރެއްގެ މަތިން ހަމަލާތައް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް