ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 10:12
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ
ރައްޔިތުންގެ މަޖިލިސް
އައްޑޫ ސިޓީ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތައް
އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ: ރައީސް
އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ
އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ

އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ، އަބަދުވެސް ޖެހެނީ އައްޑޫއިން ކަމަށެވެ. އައްޑޫ ސިޓީ ތަރައްޤީ ނުވެ ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެކަން ފާހަގަކުރައްވާ ރައީސް ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް މިސަރުކާރުން ކުރަމުންދާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އިންޑިއާ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތަށް ހަދާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މިމަޝްރޫޢުގެ ދަށުން އެސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު އަޅާނެ. އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން އިތުރު ކުރެވޭނެ. މީގެތެރޭގައި އައްޑޫގެ ފަތުރުވެރިކަމަށް އިތުރުކުރެވޭ ބިންވެސް ހިމެނޭ. މިއާއެކު އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އެމަޝްރޫޢުގެ ދަށުން އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ޤާއިމުކޮށް ކާގޯ ވަސީލަތްތައް ތަރައްޤީ ކުރާނެއެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި ހިންގާ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރެވޭނެކަމަށެވެ.

- ކޮމެންޓް