ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 09:24
ޓީޗަރުންގެ މުސާރައަށް މިއަހަރު ބަދަލު އަންނާނެކަމަށް ރައީސް ވިދާޅުވި
ޓީޗަރުންގެ މުސާރައަށް މިއަހަރު ބަދަލު އަންނާނެކަމަށް ރައީސް ވިދާޅުވި
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ޓީޗަރުންގެ މުސާރަ ބޮޑުކުރުން
މެއި މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިން: ރައީސް
20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދައިދެވިފައިވޭ
ނިމިދިޔަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީންވުމުގެ ފުރުސަތު ރާއްޖެއިން ބޭރުން ހޯދައިދެވުނު
ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް މިސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މެއި މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން ކަމަށެވެ. އެމީހުންނަށް، އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ މިސަރުކާރުގެ ވައުދެއްކަމަށާއި އެގޮތުން 56 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ, އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ޓީޗަރުން ތަމްރީންކުރުމުގެ ގޮތުން ނިމިދިޔަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން ދެވި، 20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދާދެވިފައިވާކަމަށެވެ. މިކަންކަން ހުއްޓުމެއްނެތި މިއަހަރުވެސް ކުރިޔަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ސްކޫލްތަކުގައި މަސައްކަތް ކުރާ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އެޑކިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. އެންމެފަހުން ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ 2015 ވަނަ އަހަރުއެވެ. އެއޮނިގަނޑަށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ.

- ކޮމެންޓް