ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 23:46
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
އައްޑޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމުގެ ތެރެއިން
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިންގެ ހާލަތު
ވެކްސިން ޖަހަން ފެށިތާ އެއް އަހަރުތެރޭ 369،989 މީހުން ދެ ޑޯޒް ފުރިހަމަކޮށްފި
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،683ށް އަރާފައި
ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 78،367ށް އަރާފައި

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 369،989ށް އަރައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ވެކްސިން ޖަހާފައިވާ ގޮތުގެ ތަފާސްހިސާބެވެ. ރާއްޖޭގައި ވެކްސިން ޖަހަން ފަށާފާއިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން ބުނީ ފެބްރުއަރީ މަހުގެ 1 ވީ އަންގާރަ ދުވަހު ވެކްސިންގެ ދެ ވަނަ ޑޯޒް 106 މީހުން ޖަހާފައިވާކަމަށެވެ. އެއީ މާލެ ސަރަހައްދުން 93 މީހުންނާއި އަތޮޅުތަކުން 13 މީހުންނެވެ.

އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 41 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 16 މީހުންނާއި އަތޮޅުތަކުން 25 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 397،683ށް އަރާފައެވެ.

އަންގާރަ ދުވަހު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 2483 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 747 މީހުންނާއި އަތޮޅުތަކުން 1736 މީހުންނެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 78،367ށް އަރާފައެވެ.

އެޗްޕީއޭއިން މިހާރު ވަނީ ވެކްސިން ފުރިހަމަކުރިކަމަށް ބަލާނީ ބޫސްޓަރ ޑޯޒް ޖެހުމުންކަމަށް ނިންމާ ވެކްސިން ފުރިހަމަކުރާ ފަރާތްތަކަށް ވަކި ލުއިތަކެއް ދިނުމަށް ކަނޑައަޅާފައެވެ.

- ކޮމެންޓް