ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 16:47
ޒަޚަމްވި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކު
ޒަޚަމްވި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ އެހީތެރިކަމާއެކު
ރާއްޖެއެމްވީ
ގެވެށި އަނިޔާގެ މައްސަލަ
އަންހެނަކަށް ގެވެށިއަނިޔާކުރި މައްސަލާގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފި
އަންހެންމީހާއަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން
އަންހެން މީހާގެ ޅިނދުކަށިގަނޑު ކައިރިއަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައި
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާއަށް ނިސްބަތްވާ ދެމަފިރިން

މާލޭ ގެއެއްގައި ބިދޭސީ އަންހެނަކަށް ގެވެށި އަނިޔާކުރި މައްސަލާގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކުރީ އިންޑިއާގެ ފިރިހެނެއް ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ދެމީހުން ވެސް ޒަޚަމްވެފައިވާއިރު، އަންހެން މީހާއަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަންހެން މީހާއަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 06:20 ހާއިރެވެ. މި ހާދިސާއާގުޅޭ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ވީޑިއޯއިން ފެންނަނީ ގެއެއްގެ ސިޑިމަތިން ފުލުހުންގެ އެހީތެރިކަމާއެކު އެ އަންހެންމީހާ ފައިބައިގެންދާ މަންޒަރެވެ. އޭނާ ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ވަރަށް ގިނަ ލޭ ހުއްޓެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާއަށް ނިސްބަތްވާ ދެމަފިރިންނެވެ. އަންހެން މީހާގެ ޅިނދުކަށިގަނޑު ކައިރިއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، ވަރަށް ބޮޑަށް ޒަޚަމްވެފައިވެފައިވެއެވެ. އަދި ފިރިހެން މީހާގެ ބަނޑަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި, އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫތުލިބެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް